މަންދީގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ފެމިލީ ކޯޓުން ފަށައިފި

މަންދީގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ފެމިލީ ކޯޓުން ފަށައިފި

Author
ހުސައިން
30 އޭޕްރިލް 2025 02:17
0

ފެމިލީ ކޯޓުން މިއަދު އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން ކުރާ ދައުވާގެ ޝަރީއަތް ފަށައިފިއެވެ. ނަމަވެސް މި ޝަރީއަތް ކުރިއަށް ގެންދެވުނީ ސިއްރުކޮށްގެންނެވެ.

ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން މަންދީގެ މައްޗަށް ދައުވާކުރައްވަނީ ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުމާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅުވައިގެން އެމްޑީޕީގެ މުޒާހަރާއެއްގައި ވާހަކަ ދެއްކި ކަމަށް ބުނެއެވެ. މި މައްސަލާގައި ފަސްޓްލޭޑީން ފެމިލީ ކޯޓާއި ސިވިލް ކޯޓުގައިވެސް މަންދީގެ މައްޗަށް ދައުވާ ކުރައްވާފައިވެއެވެ.

އަދި މި މައްސަލާގައި މަންދީގެ އިތުރުން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށްވެސް ފަސްޓްލޭޑީގެ ފަރާތުން ދައުވާކޮށްފައިވާއިރު، އެ މައްސަލާގެ ޝަރީއަތް އަދިވެސް ނުފަށައެވެ. މީގެ އިތުރުން މަންދީގެ މައްޗަށް ޖިނާއީ ތަހުގީގެއްވެސް މިހާރު ދަނީ ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.