މާލޭގައި ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މީހާ 15 ދުވަހަށް ބަންދަށް

މާލޭގައި ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މީހާ 15 ދުވަހަށް ބަންދަށް

Author
ހުސައިން
29 އޭޕްރިލް 2025 02:02
0

މާލޭގެ އިރަމާމަގުގައި ހުރި ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލުމުގެ މައްސަލައިގައި މ. ސްޓާ، މުހައްމަދު ރަޒީން ކޯޓު އަމުރަކާއެކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވިގޮތުގައި، ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރަޒީން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު 08:56 ހާއިރުގައި ކަމަށާއި، އެކަން ފުލުހުންނަށް ރިޕޯޓުކުރެވުނު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ރަޒީން ހައްޔަރުކުރީ އިއްޔެއެވެ.

ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވީޑިއޯއިން ފެންނަނީ ރަޒީން ޓޭކްއަވޭ ކެފޭއަށް ވަދެ، ކައުންޓަރުގައި ހުރި މީހަކާ ދިމާލަށް އެއްޗެހި ކިޔަމުން، ކެފޭގައި ކާނާ ބަހައްޓާފައި ހުރި ބިއްލޫރި ރެކަށް ފައިން ޖަހައި ތަޅާލާ މަންޒަރެވެ. ހާދިސާ ހިނގި ވަގުތު އެ ކެފޭގެ މަސައްކަތު މީހަކު ރެކު މަތީގައި އަތް އަޅުވައިލައިގެން ފޯނާ ކުޅެން ހުއްޓައި، ރަޒީން ރެކު ތަޅާލުމަށްފަހު ކެފޭއިން ނުކުމެ ދިޔައެވެ.

މީގެއިތުރުން، ހާދިސާ ހިނގިއިރު އެ ކެފޭގައި އުމުރުން ދުވަސްވީ މީހަކު ސައިބޯން އިންކަންވެސް ފާހަގަކުރެވެއެވެ.

ފުލުހުންގެ ތަޙުޤީޤު ކުރިއަށްދާއިރު، މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.