ފައްޔާޒް އަދި މަންދީގެ މައްޗަށް ހުށަހެޅުއްވި މައްސަލަތައް ކޯޓުގައި ރަޖިސްޓްރީ ކޮށްފި

ފައްޔާޒް އަދި މަންދީގެ މައްޗަށް ހުށަހެޅުއްވި މައްސަލަތައް ކޯޓުގައި ރަޖިސްޓްރީ ކޮށްފި

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް އަދި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ މައްޗަށް ހުށަހެޅުއްވި މައްސަލަތައް ކޯޓުގައި ރަޖިސްޓަރީ ކުރެވިއްޖެއެވެ.

މި މައްސަލަތައް ހުށަހަޅާފައިވަނީ މިދިޔަ މާރިޗު މަހު އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގައި، މަރިޔަމް ޒުބައިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙައްމަދު މުޢިއްޒާ ގުޅޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

މެޑަމް ސާޖިދާގެ ޤާނޫނީ ވަކީލު އާޒިމާ ޝަކޫރު ނެރުއްވި ނޫސް ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، މުޒާހަރާގައި ދެކެވުނު ވާހަކަތަކުގެ ސަބަބުން ޢުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވެ، އޭނާގެ ތަޢުލީމީ ދިރިއުޅުމަށާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވުމުގެ ޙައްޤު ނިގުޅައިގަތުމާ ގުޅޭ މައްސަލަތަކެވެ. އަދި ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކީ ޤާނޫނުއަސާސީއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއިން ކުޑަކުދިންނަށް ލިބިދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގަތުމާ ގުޅޭ މައްސަލަތަކެވެ.

މެޑަމް ސާޖިދާގެ ފަރާތްޕުޅުން މައްސަލަ ހުށަހެޅުއްވުމުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންނަށް ޤާނޫނީ ގޮތުން ލިބިފައިވާ ޙައްޤުތައް ސިޔާސީ ކަންކަމުގެ ތެރެއިންވިޔަސް ނިގުޅައިނުގަނެވޭނެކަން ކަށަވަރުކުރުމާއި، ކުޑަކުދިންގެ ތަޢުލީމާއި މުސްތަޤުބަލު އަދި ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުން ކަމަށް ބަޔާންކުރައްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ