ރައީސް މުޙައްމަދު މުއިއްޒު، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު ބިން އިބްރާހިމްގެ ދަޢުވަތަކަށް، އޭޕްރީލް 27 ވަނަ ދުވަހު މެލޭޝިޔާއަށް ރަސްމީ ދަތުރެއް ކުރައްވާގޮތަށް ހަމަޖެހިއްޖެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މިދަތުރުފުޅުގައި ރައީސް މުއިއްޒު މެލޭޝިޔާގައި ދިރިއުޅެމުންދާ 3،000 އަށްވުރެ ގިނަ ދިވެހި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރާ ގުޅޭގޮތުން ރައީސް އޮފީހުން އަދި މިހާތަނަށް ރަސްމީ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މިއީ މި އަހަރު ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ތިންވަނަ ދަތުރެވެ. ޖެނުއަރީ މަހު އެމަނިކުފާނު ވަނީ އެސްޓޯނިއާއަށް ރަސްމީ ދަތުރެއް ކުރައްވާފައެވެ. އަދި މީގެ އިތުރުން މާރިޗު މަހު އިނގިރޭސިވިލާތަށްވެސް ރަސްމީ ދަތުރެއް ކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ