ސާނަވީ އިމްތިޙާނުތައް މިމަހުގެ 20 ވަނަ ދުވަހު ފަށަނީ

ސާނަވީ އިމްތިޙާނުތައް މިމަހުގެ 20 ވަނަ ދުވަހު ފަށަނީ

Author
ހުސައިން
14 އޭޕްރިލް 2025 04:42
0

2025 ވަނަ އަހަރުގެ ސާނަވީ އިމްތިޙާނުތައް މިމަހުގެ 20 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިޙާނުތަކުގައި ދިވެހިރާއްޖޭގެ ސްކޫލުތަކުން 7971 ދަރިވަރުން ބައިވެރިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިފަހަރުގެ އިމްތިޙާނުތައް ރާއްޖޭގެ 260 ސެންޓަރެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މާލެ ސަރަޙައްދުގެ 23 ސެންޓަރަކާއި، އަތޮޅުތެރޭގެ 237 ސެންޓަރު ހިމެނެއެވެ.

ފުރަތަމަ އިމްތިޙާނެއްގެ ގޮތުގައި އޮންނާނީ އިސްލާމީ ތަރުބިއްޔަތު މާއްދާގެ ފުރަތަމަ ޕޭޕަރެވެ. މި އިމްތިޙާނުތައް ކުރިޔަށްދާނީ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިދިޔަ އަހަރާ ޚިލާފަށް، މިއަހަރުގެ އޯ ލެވެލް އަދި އެސްއެސްސީ އިމްތިޙާނުތަކުގައި އަތުކުރި ގަޑި އަޅައިގެން އިމްތިޙާނު ހެދުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ދީފައެއް ނުވެއެވެ. ކުރިން އިމްތިޙާނުތަކުގައި އަތުކުރި ގަޑި އަޅައިގެން އިންނަން ހުއްދަދީފައި ވީނަމަވެސް، ފަހުން ގަވާއިދު ވަނީ ބަދަލުކޮށްފައެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.