ރާއްޖޭގައި ދިވެހި ލޮނު އުފައްދަން ފެށުމަކީ ލިބިގެންދާ މުހިންމު ކުރިއެރުމެއް: ސައީދު

ރާއްޖޭގައި ދިވެހި ލޮނު އުފައްދަން ފެށުމަކީ ލިބިގެންދާ މުހިންމު ކުރިއެރުމެއް: ސައީދު

ގުޅުންހުރި

"ރާއްޖޭގައި ދިވެހި ލޮނު އުފެއްދަން ފެށުމަކީ ޤައުމަށް ލިބިގެންދާ މުހިންމު ކުރިއެރުމެއް ކަމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ގާއިމުކުރެވުނު ލޮނު ފެކްޓްރީ އިއްޔެ ވަނީ ރަސްމީކޮށް ހުޅުވާފައެވެ. ދިވެހި ކުންފުންޏަކާއި ޖަޕާނުގެ ކުންފުންޏެއް ގުޅިގެން އިންވެސްޓްކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް މިދިޔަ އަހަރު ތެރޭގައި ފެށިގެން ދިޔައެވެ.

ލޮނު ފެކްޓްރީ ބިނާކުރުމަށްޓަކައި ދިއްދޫން 15,000 އަކަފޫޓުގެ ބިމެއް ވަނީ ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައެވެ. މި ފެކްޓްރީގައި ލޮނު އުފެއްދުމުގެ މަސައްކަތް ފެށުމުގެ ކުރިން އެކި ޓެސްޓުތައް ހެދުމަށްފަހު، އޭގެ ނަތީޖާ ރަނގަޅުވުމާއެކު ވަނީ އުފެއްދުމުގެ މަސައްކަތަށް މަގުފަހިވެފައެވެ.

މިހާރު މި ފެކްޓްރީން ތިން ވައްތަރެއްގެ ލޮނު އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިއްދޫ ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދު "ވަގުތު" އަށް މަޢުލޫމާތު ދެއްވިއެވެ. މީގެތެރޭގައި ހިމެނެނީ ކެއުމަށް ބޭނުންކުރާ ލޮނާއި، ލޮނުމަސް އެޅުމަށް ބޭނުންކުރާ ލޮނާއި އަދި ޚާއްޞަ ބާވަތްތަކަށް ޚާއްޞަކުރެވިފައިވާ ލޮނެވެ.

"މި ފެކްޓްރީން އުފައްދާ ލޮނު މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރާނީ ޖަޕާނަށެވެ. މީގެއިތުރުން ރާއްޖޭގެ ރިސޯޓުތަކަށްވެސް ލޮނު ވިއްކުމަށް ރޭވިފައިވެއެވެ. މިހާރު ރާއްޖެއަށް އިމްޕޯޓްކުރާ ލޮނަށްވުރެ މި ލޮނުގެ ކޮލިޓީ މާ ރަނގަޅުވާނެއެވެ،" މިހެން ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މި ފެކްޓްރީ ގާއިމުކުރެވިފައިވާ ބިމުން ކައުންސިލަށް މަހަކު 12,000 ރުފިޔާގެ އާމްދަނީއެއް ލިބިގެންދާނެކަމަށް ޢަބްދުﷲ ރަޝީދު ހާމަކުރެއްވިއެވެ. އަހަރަކަށް ބަލާއިރު މިއީ 144,000 ރުފިޔާއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައްވެސް ހުޅުވިގެންދާނެކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އިޤްތިޞާދީ ވަޒީރު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކުގެތެރޭގައި ރާއްޖޭގައި މިފަދަ އުފެއްދުންތަކަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ" ކަމަށެވެ. އަދި "ކަންކަން ކުރިއަށްދާނީ ފެށުމުން" ކަމަށްވެސް ވަޒީރު ފާހަގަކުރައްވާ، މި މަސައްކަތަށް ކާމިޔާބަށް އެދިވަޑައިގެންފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ