މިދިޔަ އަހަރު ބޮލީވުޑް ފަށައިގަތީ ބޮޑެތި ޕްރޮޖެކްޓްތަކާ އެކުގައެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން އެތަށް ފިލްމެއްގެ ޝޫޓިންގއަށް ބުރޫއަރާ ވަގުތީގޮތުން ހުއްޓާލަން ޖެހުނެވެ. ނަމަވެސް 2020 ވަނަ އަހަރުވެސް ބަލައިނުލާ ދޫކޮށްނުލެވޭ ވަރުގެ ފިލްމުތައް އެބަހުއްޓެވެ. އެގޮތުން މިއަހަރު ފާހަގަ ކޮށްލެވޭ ބައެއް ފިލްމަށް ބަލާލާނަމެވެ.
ޗަޕަކް
މޭގްނާ ގުލްޒާރް ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ ލީޑު ރޯލު އަދާކޮށްފައިވަނީ ދީޕިކާ ޕަޑުކޯންއެވެ. "ޗަޕަކް" އަކީ15 އަހަރުގައި އެސިޑުގެ ހަމަލާއެއް އަމާޒުވި، 32 އަހަރުގެ ލަކްސްމީ އަގަރްވާލްގެ ހަޔާތަށް ބިނާކޮށް ހަޤީޤީ ހާދިސާއަށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދޭނީ އޭނާއަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތެވެ.
ދިލް ބެޗާރާ
މިއީ މިދިޔަ ޖޫންމަހު ދަންޖެހިގެން މަރުވެފައިހުއްޓާ ފެނުނު ސުޝާންތު ސިންގ ރަޖްޕުތުގެ އެންމެ ފަހު ފިލްމެވެ. މި ފިލްމު ބޮޑަށް ކާމިޔާބުހޯދީ އޮންލައިން ޕްލެޓްފޯމްތަކުގައެވެ. ލޯބީގެ އަސަރުގަދަ ކަންތައްތަކެއް ހިމަނާފައިވާ މި ފިލްމުގައި ސުޝާންތު އާއެކު ދެން ފެންނަނީ ސަންޖަނާ ސަންގްހީ އެވެ.
ޕަންގާ
ކަންގަނާ ރަނާވަތުގެ މި ފިލްމަކީ ކަބައްޑީ ކުޅުންތެރިއެއް ކައިވެންޏަށްފަހު ބަލިވެއިނުމުން ކަބައްޑީ ކުޅުން ހުއްޓާލައި، ފަހުން ދަރިފުޅާއި ފިރިމިހާގެ އެހީތެރިކަމާއިއެކު އަނެއްކާވެސް އެނބުރި ކުޅުމަށް އައިސް ކުޅުން ކާމިޔާބު ކުރާ ތަނެވެ.
ތައްޕަޑް
މި ފިލްމަކީ އުފާވެރި ދިރި އުޅުމެއް އުޅެމުންއައި ދެމަފިރިން ފިރިމީހާގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ޕާޓީއެއްގައި ރުޅިއައިސް އަންހެނެއްގެ މޫނުމަތީގައި ޖަހާ އަދި އެއަށްފަހު އެކަމާއި މެދުގައި އަޑުއުފުލާ މަންޒަރު ދައްކުވައިދޭ ފިލްމެކެވެ.
ގުންޖަން ސަކްސޭނާ – ދަ ކާގިލް ގާލް
މިއީ ގުންޖަން ސަކްސޭނާ ގެ ހަޔާތަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ޖާންވީ ކަޕޫރު ގުންޖަން ސަކްސޭނާގެ ގޮތުގައި ފެނިގެންދާ މި ފިލްމުގައި އަންހެނެއް އޭނާގެ ކުޑައިރުގެ ހުވަފެންކަމަށްވާ ޕައިލެޓަކަށްވުން ހަޤީޤަތަކަށް ހަދަން ކުރާ މަސައްކަތާއި އިންޑިއާ އެއަރފޯސްގެ ފުރަތަމަ އަންހެން ޕައިލެޓްގެ ގޮތުގައި ކާމިޔާބީ ހޯދާ މަންޒަރު ދައްކުވައިދެއެވެ.