މޯދީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާއަށް ވަޑައިގެންފި

މޯދީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާއަށް ވަޑައިގެންފި

ގުޅުންހުރި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ސްރީ ލަންކާއަށް ވަޑައިގެންފިއެވެ. އެމަނިކުފާނު ޤައުމަށް ވަޑައިގަތުމުން ބަންޑާރަނާޔަކަ އިންޓަނޭޝަނަލް އެއަރޕޯޓުގައި ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖިތަ ހެރަތު މަރުޙަބާ ދެންނެވިއެވެ.

ލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސަނާޔަކަ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި މަޤާމާ ހަވާލުވުމަށްފަހު، ބޭރު ޤައުމެއްގެ ވެރިއެއް އެޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަކީ މިއީއެވެ.

ލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގެ މަޤްޞަދަކީ ލަންކާ އާއި އިންޑިޔާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން ބަދަހިކުރުން ކަމަށެވެ.

މި ދަތުރުފުޅުގައި ހަކަތަ، ޑިޖިޓަލައިޒޭޝަން، ސަލާމަތާއި ސިއްޙީ ފަރުވާ ފަދަ މުހިންމު ދާއިރާތަކާ ގުޅޭ އެއްބަސްވުންތަކުގެ އިތުރުން، އިންޑިޔާއިން ލަންކާއަށް ދަރަނި ދެއްކުން އަލުން އެކުލަވާލުމުގެ އެހީއާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މޯދީ އެންމެ ފަހުން ލަންކާއަށް ޒިޔާރަތްކުރެއްވީ 2017 ގައެވެ. އޭނާ އިންޑިއާގެ ވެރިކަމަށް އެންމެ ފުރަތަމަ 2014 ގައި ވަޑައިގެން، 2015 ގެ ތެރޭގައިވެސް ލަންކާއަށް ޒިޔާރަތްކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ