އދ. މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމެނުމަށް ނިންމައިފި

އދ. މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމެނުމަށް ނިންމައިފި

ގުޅުންހުރި

އދ. މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމެނުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމައިފި އެވެ. ގާތްގަނޑަކަށް 600 ނުވަތަ 700 އަހަރު ވެފައިވާ މި މިސްކިތާ ގުޅޭގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއި މާމިގިލީ ކައުންސިލްގެ ރައީސް އިމާދު ފާރޫގު ބައްދަލުކޮށް މަޝްވަރާކުރެއްވި އެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ މިސްކިތް ތަރިކައިގެ ލިސްޓުގައި ހިމެނުމަށް އެދިފައެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި ތަރިކައިގެ ލިސްޓު އެކުލަވާލާފައިވަނީ ދިވެހި ތާރީޚު ދިރާސާކުރާ މީހުންގެ ފޮތްތަކާއި ރަށު ކައުންސިލްތަކުން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. މާމިގިލީ ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ ސަރުކާރުގައި ވެސް މި މިސްކިތް ތަރިކައިގެ ތެރޭގައި ހިމެނުމަށް ވާހަކަދެކެވުނު ނަމަވެސް، މިސްކިތުގައި މުށި ޖަހާފައި ހުރުމުގެ ސަބަބުން އެކަން ވަނީ ނުވެފައެވެ. މިހާރު ކައުންސިލުން ވަނީ މިސްކިތުގެ މުށިތައް ތަޅާލާފައެވެ. ކައުންސިލުގެ ވިސްނުމަކީ، ތަރިކައިގެ ލިސްޓުގައި ނުހިމެނުނު ނަމަވެސް އެތަން ތަރިކައިގެ ގޮތުގައި ބޭނުންކުރުން ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ތަރިކައިގެ ރަސްމީ ލިސްޓުގައި 400 އަށް ވުރެ ގިނަ ތަރިކައިގެ ނަމާއި، އެތަންތަން ހުރި އަތޮޅާއި ރަށުގެ އިތުރުން އެއީ ކޮންބާވަތެއްގެ ތަރިކައެއްކަމާއި ކުރު ތަފްސީލު އެކުލަވާލާފައިވެއެވެ. އާސާރީ ތަރިކަ ބަހާލާފައިވަނީ ތަކެތި، އިމާރާތް، ބިނާ، ސަރަހައްދު، ގަސްގަހާގެހި އަދި މީހުން ވަޅުލާފައިވާ ތަންތަން ހިމެނޭ ކެޓަގަރީތަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ