މުސާރައާއި އިނާޔަތްތައް ކުޑަކުރުމަށް މެމްބަރު އައްބާސް ދެކޮޅު، ވިދާޅުވަނީ މިހާުރުވެސް ލިބެނީ ދެކޮޅު ނުޖެހޭ މުސާރައެއްކަމަށް!

މުސާރައާއި އިނާޔަތްތައް ކުޑަކުރުމަށް މެމްބަރު އައްބާސް ދެކޮޅު، ވިދާޅުވަނީ މިހާުރުވެސް ލިބެނީ ދެކޮޅު ނުޖެހޭ މުސާރައެއްކަމަށް!

ގުޅުންހުރި

ރައްޔިތުންގެ މަޖުލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމާ ދެކޮޅު ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ. މެންބަރުންގެ މުސާރަ ކުޑަކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފެށުމާ ގުޅިގެން އައްބާސް ވިދާޅުވެފައިވަނީ، މަޖުލީހުގެ މެންބަރުން އަދާކުރަމުންދަނީ ވަރަށް ބޮޑު ޤައުމީ އަދި ފަރުދީ ޒިންމާއެއް ކަމަށެވެ.

އައްބާސް އިތުރަށް ވިދާޅުވެފައިވަނީ މިހާރުވެސް ލިބޭ މުސާރައިން ދެކޮޅު ނުޖެހޭ ކަމަށާއި، މެންބަރުންނަށް ދޭ ލިވިން އެލަވަންސްއަށްވުރެ އެޕާޓްމަންޓްތަކުގެ ކުލި ބޮޑު ކަމަށެވެ. "ދާއިރާގެ ކޮންމެ ރަށެއްގައި ހިންގާ ކުޅިވަރު މުބާރާތްތަކާއި ތަރައްޤީގެ މަޝްރޫޢުތަކަށް އެތަކެއް ހާސް ރުފިޔާ ކޮންމެ މަހަކު ޚަރަދު ކުރެވޭ. މީގެ އިތުރުން ދާއިރާގެ ރައްޔިތުން ބޭސްފަރުވާއަށް މާލެ އައުމުން އަދި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ރައްޔިތުންނަށް އެތައް ހާސް ރުފިޔާއެއް ކޮންމެ މަހަކު ޚަރަދުވޭ" މިހެން ވިދާޅުވެ، މެންބަރުންނަކީ ދާއިރާގެ ރައްޔިތުންނަށްވެސް އެހީވާ ބައެއްކަން އައްބާސް ފާހަގަކުރެއްވިއެވެ.

އައްބާސް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ހާލަތެއް ދިމާވިޔަސް ދާއިރާގެ ގިނަ ރައްޔިތުން ގުޅަމުންދަނީ ދާއިރާގެ މަޖުލިސް މެންބަރަށް ކަމަށާއި، ބޮޑު މުސާރަ ލިބޭ އެހެން އެއްވެސް ސިޔާސީ ބޭފުޅަކަށް ދާއިރާގެ ރައްޔިތުން ނުގުޅާނެ ކަމަށެވެ. މަޖުލީސް މެންބަރުންގެ މުސާރައަށްވުރެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ކުންފުނިތަކުގެ އެމްޑީންގެ މުސާރަ ބޮޑުވާނެ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

މީގެއިތުރުން އައްބާސް ވިދާޅުވެފައިވަނީ، ސިޔާސީ ބަޔަކު އިސްވެ ތިބެ ރައްޔިތުންގެ މަޖުލީސް މެންބަރުންގެ މުސާރަ ކުޑަކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރުވަމުންދަނީ ވަރަށް މަކަރުވެރި ރޭވުމެއްގެ ތެރެއިން ކަމަށެވެ. "ޙަޤީޤަތުގައި ރައްޔިތުން ތިއްބެވީ ވަރަށް ދަތި ޙާލަތުގައި. އާސަންދަ ލިބުނަސް ރާއްޖެއިން ބޭރަށްގޮސް ތިބުމާއި، ކެއުމާއި، ޓެކްސީ ޚަރަދުތައް ކުރުމަށް އެތައް ހާސް ރުފިޔާއެއް ޚަރަދުކުރަން ޖެހުމާއެކު، ނިކަމެތި ރައްޔިތުމީހާއަށް ކަންކަން މަގުފަހިކޮށްދެނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. މިއަދު އެ ނިކަމެތި ރައްޔިތުންނާ އަޅާލަން ތިބި ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީސް މެންބަރުންގެ މުސާރަ ކުޑަކުރަން ބަޔަކު އެ އުޅެނީ ރައްޔިތުންނަށް ހަމައެކަނި އެހީތެރިކަމެއް ދެމުންދަނީ މަޖިލީހުގެ މެންބަރުންކަމަށްވެފައި، ރައްޔިތުން އިތުރަށް ނިކަމެތިކުރުމުގެ މަކަރުވެރި ނިޔަތުގައި. އެހެން އެއްވެސް ބޭނުމެއްގައި ނޫން" މިހެން ވިދާޅުވިއެވެ.

އައްބާސް އަދި ވިދާޅުވެފައިވަނީ، ސިފައިންނާއި ފުލުހުންގެ މައިންބަފައިންނާއި ޢާއިލާއަށް މުޅިން ހިލޭ ބޭސްފަރުވާ ކުރެވޭއިރު، މަޖިލީހުގެ މެންބަރުންގެ މައިންބަފައިންނަށް އެ ޕެކޭޖުގެ ތެރެއިން ބޭސްފަރުވާ ނުކުރެވޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ