އަހަރުގެ ފުރަތަ ޚުތުބާ: މި ދުނިޔެއަކީ އިމްތިހާނުތައް ކުރިމަތިވާ ތަނެއް، މަރަށް ތައްޔާރުވޭ!

އަހަރުގެ ފުރަތަ ޚުތުބާ: މި ދުނިޔެއަކީ އިމްތިހާނުތައް ކުރިމަތިވާ ތަނެއް، މަރަށް ތައްޔާރުވޭ!

ގުޅުންހުރި

މިދުނިޔެއަކީ މުސީބާތާއި އިމްތިޙާނުތައް ކުރިމަތިވާ ތަނެއް ކަމަށާއި، މަރަށް ތައްޔާރުވެ އާޚިރަތް ހޯދުމަށް މިދުނިޔެ މަތީގައި ގަދަ އަޅާ މަސައްކަތް ކުރުމަށް އާ އަހަރުގެ ފުރަތަމަ ދުވަހުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ޚުތުބާ ޚާއްސަކޮށްފައިވަނީ "މަރު ހަނދާން ކުރުމުގެ" މައްޗަށެެވެ. ޚުތުބާގައި ބުނެފައިވަނީ އިންސީންނާއި ޖިންނިން ޚަލްޤުކުރައްވާފައިވަނީ ވަރަށް މަތިވެރި މާތް މަޤުސަދަކަށްޓަކައި ކަމުގައެވެ. އެއީ ހަމައެކަނި ﷲ އެންގެވި ގޮތުގެ މަތީން ޙަޔާތުގެ ދުވަސްތައް ހޭދަކުރުމަށް ކަމުގައެވެ. މާތް ﷲ މިދުނިޔެ ލައްވާފައިވަނީ އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި މަސައްކަތް ކުރާނެ މައިދާނެއްކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އަދި އިލާހީ ޙިކުމަތަކަށްޓަކައި މިދުނިޔެއަކީ ފަނާވުމެއްނެތި ދާއިމަށް ދެމިގެންވާތަނެއް ނޫންކަމަށާއި، މިތަނުގައި ހެޔޮޢަމަލުތައް ގިނަކޮށްފި މީހާއަށްވަނީ ކާމިޔާބީއާއި ފަލާހުކަމުގައެވެ. އަދި ނުބައި ޢަމަލުތައް ގިނަވެއްޖެ މީހާއަށްވަނީ ގެއްލުމާއި ހަލާކުވެން ދާނެކަމަށެވެ.

ދީނުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރެވޭ ހެއްޔެވެ؟ ޤުރުއާނުން އެއްވެސް މިންވަރެއް ކިޔެވޭ ހެއްޔެވެ؟ ހުރިހާ ނިޢުމަތްތައް ތަނަވަސްކޮށްދެއްވި، ގަދަކީރިތިވަންތަ ﷲ ގެ ކުޅަދުންވަންތަކަމާ މެދު ވިސްނާލިން ހެއްޔެވެ؟ ކުށްފާފަތަކާ ދުރުވެ، ހެޔޮ ކަންކަމަށް އަވަސްވެ ގަނެވޭ ހެއްޔެވެ؟ މި ސުވާލުތަކުގެ ކުރިމަތީގައި އިސްޖަހާލަން ޖެހިއްޖެ މީހަކަށް، ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

 

ޢިލްމުވެރިން ވިދާޅުވާގޮތުގައި މުއުމިންއަޅާ ގިނަގިނައިން މަރުމަތިން ހަނދާންކުރާނަމަ، ތައުބާވުމަށް އަވަސްވެގަތުމާއި، ފުދުންތެރިކަމާއި، އަޅުކަންކުރުމުގެ ޝައުޤުވެރިކަން އެމީހަކަށް ﷲ މިންވަރު ކުރައްވައެވެ. އަދި މަރުމަތިން ހަނދާންކުރުން ދޫކޮށްލައިފި ނަމަ، ތައުބާވުން ލަސްވުމާއި، ދަހިވެތިކަން އިތުރުވުމާއި، އަޅުކަމުގައި ކަންނެތްކަން އޭނާގެ މައްޗަށް ވެރިވެދެއެވެ.

އެއްވެސް މަޚްލޫޤަކަށް މަރުން ސަލާމަތެއް ނުވެވޭނެއެވެ. އެއީ ﷲ ގެ ޙަޟްރަތުގައި ކިތަންމެ މާތް މަޚްލޫޤެއް ކަމުގައި ވިޔަސް މެއެވެ. އެއްވެސް މަޚުލޫގަކަށް ސަލާމަތްވެވޭނޭ ނަމަ، އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷲ އަށް ސަލާމަތްވެވުނީހެވެ. އެކަލޭގެފާނަށް ވެސް ދުނިޔެއަށް އަލްވަދާޢު ކިޔުއްވަން ޖެހިވަޑައިގެންނެވިއެވެ. މަރަށް ޙާޟިރުވެވަޑައިގެންނެވި ވަގުތު އެކަލޭގެފާނުގެ ޠާހިރު ހަށިކޮޅަށް ފެންފޮދު އަޅުއްވަމުން ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައިވަނީ ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. ހަމަކަށަވަރުން މަރުގެ ވަގުތަކީ ހަމަބުއްދި ފިލައިދާ ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ނަބިއްޔާ މަރަށް ޙާޟިރުވެވަޑައިގެންނެވި ހިނދު ޙަދީޘް ކުރެއްވި ބަސްފުޅެވެ.

– ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ އިންސާނާ މަރަށް ޙާޟިރުވުމުން ވަރަށް ގިނަ ކަންތައްތައް ހަނދާންވާނެކަމަށާއި، އޭނާގެ ވަށައިގެންވާ މީހުން ފެނުމުން އެމީހުންނާ ވާހަކަ ދައްކަން ބޭނުންވާނެކަމަށެވެ. އަދި ނުކުރެވި ހުރި ކަންކަން ކުރަންވެސް ބޭނުންވާނެކަމަށެވެ. ނަމަވެސް އެއްވެސް ވާހަކައެއް ދެއްކުމުގެ ފުރުސަތެއް ނުލިބި ކުރިމަތިން ފެންނާނީ މަލާއިކަތްބޭކަލުންގެ ޖަމާޢަތަކާއެކު މަލަކުލްމައުތުގެފާނު އޭނާގެ ފުރާނަ ހިއްޕަވަން ވަޑައިގަންނަވާތަން ކަމުގައެވެ. އެވަގުތަކީ ސުންޕާކަން ބޮޑު ވޭންދެނިވި ވަގުތެއްކަމަށާއި، އަނބިމީހާ އާއި ދަރިންނާއި ގާތްތިމާގެ މީހުންނާއި އެކުވެރިންނާއި ހެޔޮއެދޭ އެންމެންނާ ވަކިވަނެ ވަގުތު ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައިވަނީ މިދުނިޔެ މަތީގައި ހެޔޮ އަމަލުތައް ގިނަކޮށް، އާޚިރަތަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ. އަދި ކޮންމެ ވުތަކީވެސް މަރުމަތިން ހަނދާކުރާ ވަގުތަކަށް ހަދައި، މަރަށް ތައްޔާރުވުމަކީ މިދުނިޔެ މަތީގައި ކުރަން އޮތް އެންމެ މުހިންމު މަސައްކަތް ކަމުގައި ޚުތުބާގައި ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ