ބިންވެރިޔާ ސްކީމް ވައްކަމުގެ މައްސަލައިގައި ހިފެހެއްޓިފައިވާ ޕާސްޕޯޓުތައް ދޫކޮށްލުން

ބިންވެރިޔާ ސްކީމް ވައްކަމުގެ މައްސަލައިގައި ހިފެހެއްޓިފައިވާ ޕާސްޕޯޓުތައް ދޫކޮށްލުން

ގުޅުންހުރި

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުމުގެ ހައްޤު ނުވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ މައްސަލައިގައި ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓިފައިވާ ފަރާތްތަކުގެ ޕާސްޕޯޓުތައް ދޫކޮށްލައިފިކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ފަހުކޮޅު އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި، އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒީލް ރަޝީދު ހިމެނޭގޮތަށް 20 މީހެއްގެ ޕާސްޕޯޓު ވަނީ ހިފެހެއްޓިފައެވެ. މީގެ ތެރޭގައި އެޗްޑީސީ އަދި ހައުސިންގ މިނިސްޓްރީގެ ބައެއް އިސްވެރިން ހިމެނޭކަމަށް ވެސް ބުނެވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ބިންވެރިޔާ ސްކީމާ ގުޅުންހުރި މައްސަލައިގައި ފުރުން މަނާކޮށްފައިވާ އެންމެހައި ފަރާތްތަކުގެ އަމުރު ވަނީ ބާޠިލުކޮށްފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބެންޖެހޭ ފަރާތްތަކުގެ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ގޯތި ދޫކުރި މައްސަލަ ފާޅުވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއާއެކު، ފުލުހުންނާއި އޭސީސީން މި މައްސަލައިގެ ޖިނާއީ އަވަސް ތަޙުޤީޤެއް ފަށައި، 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވީ ނަމަވެސް، ޑިސެމްބަރު 30 ވަނަ ދުވަހު އޭގެ ތެރެއިން 9 މީހެއްގެ ޕާސްޕޯޓު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، ޕާސްޕޯޓު ދޫކޮށްލި މީހުންގެ ތެރޭގައި ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދުގެ ޕާސްޕޯޓެއް ނުހިމެނެއެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ފުލުހުން ހިންގި ތަޙުޤީޤުގައި، ފަޒުލް ދިރިއުޅޭ ގެ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ބަލައި ފާސްކޮށްފައިވާއިރު، އެގެއިން ވަނީ ގިނަ އަދަދެއްގެ ފައިސާ ފެނިފައެވެ. މިގޮތުން، އެގެއިން 1.4 މިލިއަން ރުފިޔާ ހުރި ދަބަހެއް ވަނީ ފެނިފައެވެ.

ރިލެކްސް ފެރީ ސާވިސްއިން ބުނި ގޮތުގައި 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުއާމަލާތުކުރެވި ލޯންޗެއް ބަނދެފައިވާއިރު، އިތުރު ލޯންޗެއް ބަނުމަށް މިދިޔަ ޑިސެމްބަރު މަހު ފަޒުލްއަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ މި ތަޙުޤީޤުގައި ފަޒުލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާއާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލުމުގެ ތުހުމަތު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ