ހދ. އަދި ތ. އަތޮޅުގައި ރިސޯޓު ތަރައްޤީކުރުމަށް އަންނަ މަހު ފުރުސަތު ހުޅުވާލާނީ

ހދ. އަދި ތ. އަތޮޅުގައި ރިސޯޓު ތަރައްޤީކުރުމަށް އަންނަ މަހު ފުރުސަތު ހުޅުވާލާނީ

ގުޅުންހުރި

ހދ. އަދި ތ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްޤީކުރުމަށް އަންނަ މަހު ފުރުސަތު ހުޅުވާލާނެކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކޮށް މިނިސްޓަރު ތޯރިގް ވިދާޅުވީ މި ދެ އަތޮޅުގައި މިވަގުތު ހިންގަމުންދަނީ އެންމެ ރިސޯޓެއް ކަމަށާއި، ޓޫރިޒަމް ދާއިރާ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމަށް 53 އަހަރު ފާއިތުވެފައިވީނަމަވެސް، އެންމެ އެދެވޭ މިންވަރަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޓޫރިޒަމް ފުޅާވެފައިނުވާކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ މިކަމަށް ހައްލުތަކެއް ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން "ކޮންމެ އަތޮޅަކަށް ވަކިން މާސްޓަރ ޕްލޭން ހަދައި، އެ އަތޮޅެއްގައި ޓޫރިޒަމް ތަރައްޤީކުރުމަށް މާކެޓިންގ ޕްލޭނެއްވެސް އެކުލަވާލުމުގެ މަސައްކަތް" ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހދ. އަތޮޅުގައި ޓޫރިޒަމް އޮތީ އެންމެ ރަށެއް. އެހެން މަދުން ހުރި އަތޮޅުތަކުގައި އިތުރަށް އަލާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ވަރަށް ގާތްކޮށް މަސައްކަތް ކުރަމުން މިދަނީ. އަދި ހަމަ އެގޮތައް ތ. އަތޮޅުގައިވެސް އޮތީ އެންމެ ރިސޯޓެއް. އެގޮތުން ތ. އަތޮޅުވެސް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ވަރަށް އަވަހަށް މި އަންނަ މަސް ތެރޭގައި ހުޅުވާލާނަން" މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

އިތުރު ރިސޯޓްތައް އަތޮޅުތަކުގައި ތަރައްޤީކުރެވިގެން ދިޔުމަކީ އިތުރު އިންވެސްޓަރުން އަންނާނެ ކަމެއްކަމަށާއި، އަދި އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ، ރައްޔިތުންނަށް ލިބޭ މަންފާ އިތުރުވެގެންދާނެ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އަލަށް އިސްލާޙު ގެނެވުނު ޓޫރިޒަމް ޤާނޫނަކީވެސް ޓޫރިޒަމް ދާއިރާ ކުރިއަށް އޮތްތަނުގައި ފުޅާވެ، ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުކުރުމަށް އެޅޭ އިތުރު ބާރަކަށް ވެގެންދާނެކަމަށްވެސް މިނިސްޓަރު ތޯރިގް ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ