ކ. ކުޑަގިރީ ފަޅުގައި "އެއާޕްލޭން ރެކް" އަކާއެކު ތަރައްގީކުރާ ޑައިވް ސައިޓަށް އެއާ މޯލްޑިވްސްގެ ދެ ބޯޓު ފައްތާލައިފި އެވެ.
މި މަޝްރޫއު ހިންގަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޯޕަރޭޝަން (އެމްޓީސީސީ) ގުޅިގެނެވެ.
އެޗްޑީސީން ބުނީ އެ މަޝްރޫޢު ރަމްޒުކޮށްދެނީ ރާއްޖޭގެ ފަތުރުވެރިކަމަށް އުޖާލާ މުސްތަގުބަލެއް ގާއިމުކުރުމަށް ޓަކައި ދެ ގައުމުގެ ދެމެދުގައި އޮތް އަހައްމިއްޔަތު ކަން ކަމަށެވެ.
މި ރެކަށް "ދޫނިއާ ރެކް" ކިޔުމަށް ވަނީ ނިންމައިފަ އެވެ. މި ސައިޓު ރަމްޒުކޮށްދޭނީ ރާއްޖޭގެ އޭވިއޭޝަން ތާރީހު ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ކުޑަގިރިއަކީ ކުރީގެ ސަރުކާރުން މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކް ގޮސް ހަދާނެ ރަށެއް ގޮތަށް ތަރައްގީކޮށްފައިވާ ރަށެކެވެ.
A Historic Dive Site Inaugurated!
Today, in collaboration with MMPRC and MTCC, we delightfully inaugurated the Dhoonier Wreck at Kudagiri! This project represents our shared commitment for a brighter future for tourism in Maldives.#Kudagiri #DhoonierWreck #WithHDC pic.twitter.com/il8Tgy3EnF
— Housing Development Corporation (@hdcmaldives) March 15, 2025