ރޯދަ މަހުގެ ފަހު ދިހައިގައި މާލެ ސަރަހައްދުގެ 34 މިސްކިތެއްގައި ދަމުނަމާދު ކުރެވޭނެ

ރޯދަ މަހުގެ ފަހު ދިހައިގައި މާލެ ސަރަހައްދުގެ 34 މިސްކިތެއްގައި ދަމުނަމާދު ކުރެވޭނެ

ގުޅުންހުރި

އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކުރެއްވި ގޮތުގައި މި ރޯދަ މަހުގެ ފަހު ދިހައިގައި މާލެ ސަރަހައްދުގެ 34 މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވެއެވެ. މިނިސްޓްރީން ވަކިވަކިން ނެރުނު ދެ އިއުލާނެއްގައި ދަމުނަމާދު ކުރާނެ މިސްކިތްތަކާއި އިއުތިކާފަށް ތިބެވޭނެ މިސްކިތްތައް އާންމުކޮށްފައިވެއެވެ.

ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ 34 މިސްކިތުގެ ތެރޭގައި މާލޭގެ 21 މިސްކިތާއި، ހުޅުމާލެ ފޭސް އެކެއްގެ 6 މިސްކިތާއި، ފޭސް ދޭއްގެ 4 މިސްކިތާއި، އަދި ވިލިމާލޭގެ 3 މިސްކިތް ހިމެނެއެވެ.

މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި އިއުތިކާފަށް ތިބުމަށް ހާއްސަކޮށްފައިވަނީ މާލޭގެ 15 މިސްކިތާއި، ހުޅުމާލެ ފޭސް އެކެއްގެ 5 މިސްކިތާއި، ފޭސް ދޭއްގެ 2 މިސްކިތާއި، އަދި ވިލިމާލޭގެ އެއް މިސްކިތެވެ.

މި ރޯދަ މަހު މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި މިހާރުވެސް ހިފުޒުކޮށް ތަރާވީހް ނަމާދު ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި މާލޭގެ 16 މިސްކިތާއި، ހުޅުމާލެ ފޭސް އެކެއްގެ 5 މިސްކިތާއި، ފޭސް ދޭއްގެ 2 މިސްކިތާއި، އަދި ވިލިމާލޭގެ އެއް މިސްކިތް ހިމެނެއެވެ.

ރަމަޟާން މަހަކީ މުސްލިމުންގެ މެދުގައި ޚާއްޞަ މަހެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، ޚާއްޞަކޮށް ފަހު ދިހައިގައި އަޅުކަން އިތުރުކުރުމަށް ގިނަ ފަރާތްތަކުން މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ