ރައީސް މުއިއްޒު މަޖިލީހުގައި ބޭއްވި ތަރާވީހުގައި ބައިވެރިވެވަޑައިގެންފި

ރައީސް މުއިއްޒު މަޖިލީހުގައި ބޭއްވި ތަރާވީހުގައި ބައިވެރިވެވަޑައިގެންފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ރޭ ދެއްވި ތަރާވީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުނު މި ތަރާވީހުގައި ރައީސް މުއިއްޒުގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަބުއްރަހީމްގެ ދައުވަތަކަށް، ރައްޔިތުންގެ މަޖިލިހުގައި އޮތް ތަރާވީހުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވިއިރު، ދެ ބޭފުޅުންގެ ދެމެދުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ނުތަނަސްކަމަށް ހައްލު އައިސްފައިވާކަމަށް އެނގިފައެއް ނުވެއެވެ. ރައީސް މުއިއްޒު އާއި އަބުދުއްރަހީމްއާއި ދެބޭފުޅުންގެ މެދުގައި ނުތަނަވަސްކަން އުފެދުނީ 2025 ވަނަ އަހަރުގެ ޖެނުއަރީ 28 ގައި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މަގާމުން ވަކި ކުރެއްވުމާ ގުޅިގެންނެވެ. އެ ދުވަހު އަބްދުއްރަހީމް ވިދާޅުވެފައިވަނީ އެމަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އޮތް ގުޅުން ހީނަރުނުވާ ނަމަ ފައިސަލް މަގާމުން ވަކި ނުކުރީސް ކަމަށެވެ.

އޭގެ ފަހުން ރައީސް މުއިއްޒު އާއި އަބްދުއްރަހީމް ވަކިން ބައްދަލު ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ފެބްރުއަރީ 20، 2025 ގައި ރައީސް މުއިއްޒު އާއި އަބްދުއްރަހީމް ރައީސް އޮފީހުގައި ބައްދަލު ކުރެއްވިއިރު، ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބައްދަލުވުން ބޭއްވީ މަޖިލީހުގެ އާ ދައުރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ