ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އިޢުލާން ކުރި ގޮތުގައި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަޖުވަދު މުޞްޠަފާ ޢައްޔަން ކޮށްފިއެވެ.
މި އައްޔަންކުރުމުގެ ރަސްމިއްޔާތުގައި، މަޤާމުގެ ލިޔުން އަޖުވަދާ ހަވާލުކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، މުޙައްމަދު ނާސިޙެވެ.
އަޖުވަދަކީ، 2014 ވަނަ އަހަރުގެ އޭޕްރީލް 19 އިން ފެށިގެން މިދިޔަ މަހުގެ 1 ވަނަ ދުވަހާ ހަމައަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީ އުވާލެވުނު ދުވަހާ ހަމައަށް އެ މިނިސްޓްރީގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.
އަޖުވަދަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ސަރީން އެނަޖީ އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާވަނީ މޯލްޑިވްސް އެނަޖީ އޮތޯރިޓީގެ ބޯޑުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައެވެ.