ޓްރަމްޕްގެ އެންމެފަހުގެ އިންޒާރު ހަމާސްއަށް: ހުރިހާ ރަހީނުން ދޫކޮށްލާފަ ޢައްޒާއިން ފައިބާ!

ޓްރަމްޕްގެ އެންމެފަހުގެ އިންޒާރު ހަމާސްއަށް: ހުރިހާ ރަހީނުން ދޫކޮށްލާފަ ޢައްޒާއިން ފައިބާ!

ގުޅުންހުރި

މާލެ، 6 މާރިޗް 2025 – އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ހަމާސް ޖަމާޢަތަށް ސީދާ އިންޒާރު ދީފިއެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި ފަލަސްތީނުގެ ހަމާސް ޖަމާޢަތުން ރަހީނުކޮށްފައިވާ އިޒްރޭލުގެ އެންމެން އަދި މަރުވި މީހުންގެ ހަށިތައް ވަގުތުން ހަވާލުނުކޮށްފިނަމަ، ޣައްޒާއަށް އިތުރު ގެއްލުންތަކާ ކުރިމަތިވާނެއެވެ.

ރައީސް ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު" ގައި ލިޔުއްވާފައިވަނީ، "ހުރިހާ ރަހީނުން ހަމަ ވަގުތުން މިނިވަންކުރޭ. ހަމަ މިހާރު. ކަލޭމެން މަރާލި މީހުންގެ ހަށިތައް ވެސް ހަމަ މިހާރު ހަވާލުކުރޭ. އެހެން ނޫންނަމަ ކަލޭމެންނަށް ސަލާމަތެއް ނޯންނާނެ" ކަމަށެވެ.

"މި ދެނީ އެންމެ ފަހުގެ އިންޒާރު. [ހަމާސްގެ] އިސްވެރިން ސަލާމަތްވާން ބޭނުންނަމަ ޖެހޭނީ ޢައްޒާ ދޫކޮށް ދާން" ޓްރަމްޕް އިތުރަށް ލިޔުއްވިއެވެ.

ޓްރަމްޕް ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރަނީ އިޒްރޭލުން ކަމަށް ސިފަކުރައްވައި، "މި ހަނގުރާމަ ނިންމަން އިޒްރޭލަށް ބޭނުންވާ ހުރިހާ އެހީއެއްވެސް އެމެރިކާއިން ފޯރުކޮށްދެމުން ދާ" ކަމަށް ވެސް ބަޔާންކުރައްވާފައެވެ. އެމެރިކާއިން މިހާރު ވަނީ އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު އިޒްރޭލަށް ސަޕްލައިކުރުމުގެ މަސައްކަތް ހަލުވިކޮށްފައެވެ.

ޣައްޒާގެ ރައްޔިތުންނަށް ވެސް ރައީސް ޓްރަމްޕް ވަނީ ސީދާ އިންޒާރު ދީފައެވެ. "ޣައްޒާގެ ރައްޔިތުންނަށް ބުނަން. ވަރަށް އުފާވެރި މުސްތަގުބަލެއް ތި އެންމެންނަށް އެބަ އޮތް. އެކަމަކު ރަހީނުން ހިފަހައްޓައިގެން ތިބޭ ނަމަ ތިޔަ އެންމެންނަށް ވެސް އޮތީ މަރު" މިހެން ޓްރަމްޕް ލިޔުއްވިއެވެ.

މި އިންޒާރުގެ ފަހަތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ އިންޒާރު ދީފައެވެ. އޭނާ ބުނެފައިވަނީ ރަހީނުންގެ ތެރެއިން މިހާރު މިނިވަން ނުކޮށް ތިބި އެންމެން ދޫނުކޮށްފި ނަމަ ދެން ކުރިމަތިވާނެ ކަންކަން ހިޔާލަށް ވެސް ނުގެނެވޭނެ ކަމަށެވެ.

އޮކްޓޫބަރު 7، 2023 ގައި ދިމާވި ހާދިސާތަކާ ގުޅިގެން ފެށުނު ހަމަލާތައް މެދުކަނޑާލުމަށް ހަމާސް އާއި އިޒްރޭލުން ހެދި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި މިހާތަނަށް އިޒްރޭލުގެ 33 މީހަކާއި ފަލަސްތީނުގެ ހާހަކަށްވުރެ ގިނަ މީހުން މިނިވަންކޮށްފައިވެއެވެ. ނަމަވެސް އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފެށުމަށް އިޒްރޭލުން ދެކޮޅުހަދައި އެކި އުޒުރުތައް ގެންދަނީ ދައްކަމުންނެވެ.

އިޒްރޭލުން ބުނެފައިވަނީ ދެން ވާހަކަ ދައްކާނީ ހުރިހާ ރަހީނުން މިނިވަންކުރުމުން ކަމަށެވެ. އަދި އެއްބަސްވުމާ ހިލާފްވަނީ ހަމާސް އިން ކަމަށް ވެސް ދަނީ ބުނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ