އަގުހެޔޮކޮށް މުދާ ވިއްކާ ފިހާރަތަކުގެ މަޢުލޫމާތު ފަސޭހައިން ބެލޭނެ ޕޯޓަލެއް ތަޢާރަފުކޮށްފި

އަގުހެޔޮކޮށް މުދާ ވިއްކާ ފިހާރަތަކުގެ މަޢުލޫމާތު ފަސޭހައިން ބެލޭނެ ޕޯޓަލެއް ތަޢާރަފުކޮށްފި

ގުޅުންހުރި

މިއަހަރުގެ ރޯދަމަހުގައި އަގުހެޔޮކޮށް މުދާ ވިއްކާ ފިހާރަތަކުގެ މަޢުލޫމާތު ފަސޭހައިން ބެލޭނެ "އަގުމަގު" ނަމުގައި އައު ޕޯޓަލެއް ތަޢާރަފުކޮށްފިއެވެ. މި ޕޯޓަލް ރަސްމީކޮށް ލޯންޗްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ހާމަކުރެއްވިގޮތުގައި، މި ޕޯޓަލްގައި ހިމެނޭ އަގުތަކަކީ އެ މިނިސްޓްރީގެ ޚާއްޞަ ޓީމުތަކުން ހަފްތާއަކު އެއްފަހަރު ފިހާރަތަކަށާއި ބާޒާރުތަކަށް ޒިޔާރަތްކޮށް އެއްކުރާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ގެނެސްދޭ އަގުތަކެކެވެ. އަދި ޕޯޓަލްގައި ހިމަނާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓަކީ ރާއްޖެއާއި ބޭރުގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިޢާޔަތްކޮށް އެކުލަވާލާފައިވާ ލިސްޓެއްކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މިވަގުތު ޕޯޓަލުން ފެންނަން ހުންނާނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ތަކެތި ވިއްކާ އަގުތަކެވެ. ނަމަވެސް ކުރިއަށް އޮތް މުސްތަޤްބަލެއްގައި އަތޮޅުތަކުގެ ރަށްރަށުގެ އަގުތައްވެސް މި ޕޯޓަލްގައި ހިމެނުމަށް ވަނީ ރޭވިފައިކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ