ރައްޔިތުން ބާރުވެރިކަން އިއާދަކުރުމަށް ހިންގާ ސިލްސިލާ ހަރަކާތްތަކަށް، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކަށް ދައުވަތު ދީފި

ރައްޔިތުން ބާރުވެރިކަން އިއާދަކުރުމަށް ހިންގާ ސިލްސިލާ ހަރަކާތްތަކަށް، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކަށް ދައުވަތު ދީފި

Author
ހުސައިން
27 ފެބްރުއަރީ 2025 01:14
0

ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ އިހުތިޖާޖުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެހެން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކަށް އެމްޑީޕީން ދައުވަތު ދީފިއެވެ. އެމްޑީޕީގެ ޗެއަޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ މިހާރު ރާއްޖޭގައި ހިންގަމުންދަނީ ގާނޫނާ ހިލާފު ދައުލަތެއް ކަމަށާއި، ރައްޔިތުންގެ ބާރުވެރިކަން އަލުން އިއާދަ ކުރުމަށްޓަކައި އެމްޑީޕީން ސިލްސިލާ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ޑިސެމްބަރު 10 ވަނަ ދުވަހު ނިންމާފައިވަނީ މުޅި ރާއްޖޭގައި އިހުތިޖާޖީ ހަރަކާތްތައް ހިންގުމަށެވެ. އަދި މި ހަރަކާތްތަކުގައި ބައިވެރިވުމަށް ހުރިހާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކަށް ދައުވަތު ދީފައިވެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވެފައިވަނީ ކުރިއަށް އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ނަމަވެސް، މި އަނދިރި ދުވަސްތަކުގެ ތެރެއިން އަލިމަގެއް ހޯދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.