މިއަހަރު މިހާތަނަށް ހިންގުމުގެ ޚަރަދު، ފާއިތުވި އަހަރާ އަޅާ ބަލާއިރު 12 އިންސައްތަ ކުޑަ ކުރެވިއްޖެ!

މިއަހަރު މިހާތަނަށް ހިންގުމުގެ ޚަރަދު، ފާއިތުވި އަހަރާ އަޅާ ބަލާއިރު 12 އިންސައްތަ ކުޑަ ކުރެވިއްޖެ!

Author
ހުސައިން
22 ފެބްރުއަރީ 2025 10:37
0

ދައުލަތުގެ މާލީ ހާލަތު ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މިހާތަނަށް 1.4 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވިއްޖެކަން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު އާންމުކުރާ މާލީ ހިސާބުތަކުގައިވާ ގޮތުން، މި މަހުގެ 13 އާ ހަމައަށް ޖުމްލަ ހަރަދުގެ ގޮތުގައި ތިން ބިލިއަން ރުފިޔާ ވަނީ ހޭދަކުރެވިފައެވެ. މި އަދަދުގެ ތެރޭގައި ދައުލަތް ހިންގުމުގެ އާންމު ހަރަދުތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރެވުނު ހަރަދުތައް ހިމެނެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ދައުލަތް ހިންގުމުގެ އާންމު ހަރަދުތައް ވަނީ 3.27 ބިލިއަން ރުފިޔާއިން 2.87 ބިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ. ހަމައެހެންމެ، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރެވުނު ހަރަދުތައްވެސް 855.8 މިލިއަން ރުފިޔާއިން 169.8 މިލިއަން ރުފިޔާއަށް ވަނީ ކުޑަކުރެވިފައެވެ.

އެހެންނަމަވެސް، މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ 4.8 ބިލިއަން ރުފިޔާއިން 4.4 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. ނަމަވެސް، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އެޅުނު ފިޔަވަޅުތަކުގެ ސަބަބުން، ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ، ކުރެވުނު ހަރަދަށްވުރެ 1.4 ބިލިއަން ރުފިޔާ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.