ފާއިތުވި 2 އަހަރުތެރޭ ބަހުގެ އެކެޑަމީން 160 އައު ދިވެހި ލަފްޒު އުފައްދައިފި

ފާއިތުވި 2 އަހަރުތެރޭ ބަހުގެ އެކެޑަމީން 160 އައު ދިވެހި ލަފްޒު އުފައްދައިފި

Author
ހުސައިން
19 ފެބްރުއަރީ 2025 11:39
0

ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޖުމްލަ 160 އައު ލަފްޒު އުފައްދައިފައިވާކަމަށް އެ އެކެޑަމީން އިއުލާނުކޮށްފިއެވެ.

މި ލަފްޒުތަކުގެ ތެރެއިން 2023 ވަނަ އަހަރު 88 ލަފްޒު އުފެއްދިއިރު، 2024 ވަނަ އަހަރު 72 ލަފްޒު އުފައްދާފައިވެއެވެ. އެކެޑަމީން ބުނާގޮތުގައި އުފައްދާފައިވާ މި ހުރިހާ ލަފްޒުތަކަކީވެސް ދިވެހިބަހުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް އުފައްދާފައިވާ ލަފްޒުތަކެކެވެ.

އަދި މިހާރު މި ލަފްޒުތަކާއި އެ ލަފްޒުތަކުގެ މާނަތައް ފާސްކޮށް ދިވެހިބަހުގެ ރަސްމީ ބަސްފޮތުގައި ހިމަނާފައިވާކަމަށްވެސް އެކެޑަމީން މަޢުލޫމާތު ދީފައިވެއެވެ. އެކެޑަމީން ކޮންމެ އަހަރަކުވެސް މިގޮތަށް އައު ލަފްޒުތައް އުފައްދަމުން ގެންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.