އީޕީއޭ އިން ޗައިނާގެ އޯޝަނޮލޮޖީ އިންސްޓިޓިއުޓާއެކު ޓެކްނޮލޮޖީގެ އެއްބާރުލުން ދޭން އެމްއޯޔޫއެއްގައި ސޮއިކޮށްފި

އީޕީއޭ އިން ޗައިނާގެ އޯޝަނޮލޮޖީ އިންސްޓިޓިއުޓާއެކު ޓެކްނޮލޮޖީގެ އެއްބާރުލުން ދޭން އެމްއޯޔޫއެއްގައި ސޮއިކޮށްފި

Author
ހުސެއިން
18 ފެބްރުއަރީ 2025 02:55
0

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި ޗައިނާގެ އެކަޑަމީ އޮފް ސައިންސަސްގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީއާ ދެމެދު ބުދަ ދުވަހު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ މާލޭގައި ހުންނަ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ މައި އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ތިމާވެށި ރައްކާތެރިކުރުމާއި ކަނޑުގެ ސަރވޭތައް ހެދުމުގައި ޓެކްނޮލޮޖީގެ ރޮނގުން އެއްބާރުލުން ދިނުން ހިމެނެއެވެ.

މިނިސްޓްރީން މި އެއްބަސްވުން ސިފަކޮށްފައިވަނީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. އަދި މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ގުޅޭ ދިރާސާތަކަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.