މިހާ ހިސާބަށް ރައީސް މުއިއްޒު ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖެ ނުދަރާ ސަލާމަތްވުން: ސައީދު

މިހާ ހިސާބަށް ރައީސް މުއިއްޒު ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖެ ނުދަރާ ސަލާމަތްވުން: ސައީދު

Author
ހުސައިން
15 ފެބްރުއަރީ 2025 09:53
0

މިހާ ހިސާބަށް ރައީސް މުއިއްޒު ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖެ ނުދަރާ ސަލާމަތްވުން ކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު މިހެން ވިދާޅުވީ މިރޭ ކުރިޔަށްދާ އަހާ ފޯރަމްގެ ސިލްސިލާގައި ވާހަކަ ދައްކަވަމުންނެވެ. މިރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުގެ ކާމިޔާބީގެ ވާހަކަ ފަށަން ޖެހެނީ ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މުއިއްޒު ދެއްވާފައިވާ ދެ ރިޔާސީ ބަޔާނުން ކަމުގައެވެ.

އެގޮތުން ރައީސް މުއިއްޒު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވާހަކަ ދައްކަވާފައިވަނީ އެމަނިކުފާނަށް ވާރުތަވި ދަރަނީގެ މައްޗަށް ކަމަށާއި، ބޮއްސުން ލާފައި އޮތް މާލީ ނިޒާމުގެ ވާހަކަތައް ކަމުގައެވެ. އަދި އެމަނިކުފާނު އޭރު ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ އެ ގޮންޖެހުންތަކުން އަރައިގަތުން ކަމަށާއި، އެއަށްފަހު ޖެހިގެން އައި ރިޔާސީ ބަޔާނުގައި، ގޮންޖެހުންތައް މެނޭޖު ކުރެއްވުމަށްފަހު ގައުމާއިގެން ކުރިޔަށް ވަޑައިގަންނަވާނެ ގޮތް ވިދާޅުވެދެއްވާފައިވާ ކަމުގައިވެސް ސައީދު ވިދާޅުވިއެވެ.

މިހާހިސާބަށް ރައީސް މުއިއްޒު ހޯއްދެވި އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެ ނުދަރާ ސަލާމަތްވުން.

ސައީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.