އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރަން އެކަށިގެންވާ މަސައްކަތެއް ނުކުރޭ: ޝާހިދު

އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރަން އެކަށިގެންވާ މަސައްކަތެއް ނުކުރޭ: ޝާހިދު

އައްޑޫ ސިޓީގެ ކަރަންޓު މައްސަލާގައި އިހުމާލު އޮތްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ އައްޑޫގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. ޚާއްޞަކޮށް ކަރަންޓުގެ މައްސަލައިގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލާއި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ފާހަގަކުރައްވާފައިވެއެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް ސިޓީ ކަމަށްވާ އައްޑޫގައި ކޮންމެ ދުވަހަކުވެސް އެކި އަވަށްތަކުގެ އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓު ކެނޑެމުންދާކަން ފާހަގަކުރައްވައި، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުދާކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ. އަދި މިކަމަށް ޚާއްޞަ ޕްލޭންތަކެއް އެކުލަވާލައި އަވަސް ހައްލެއް ހޯދުމަށް ގޮވާލައްވާފައިވެއެވެ.

މީގެއިތުރުން ރަމަޟާން މަހުގެ ކުރިން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޝާހިދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. އެހެނީ ރޯދަ މަހު ރައްޔިތުން ކަރަންޓުގެ އަސާސީ ޚިދުމަތުން މަހުރޫމްވެ، އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *