ޔަމަނުގެ އެއާޕޯޓަށް ދިން ވަރުގަދަ ބޮމުގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ

ޔަމަނުގެ އެއާޕޯޓަށް ދިން ވަރުގަދަ ބޮމުގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ

Author
ހުސެއިން
30 ޑިސެމްބަރ 2020 07:45
0

ޔަމަނުގައި އަލަށް އެކުލަވާލެވުނު ކެބިނެޓްގެ މެމްބަރުން ގޮވައިގެން ދަތުރުކުރި މަތިންދާބޯޓެއް ޔަމަނުގެ ދެކުނުން އޮންނަ ސިޓީއެއް ކަމުގައިވާ އަދަންގެ އެއާރޕޯޓުގައި ޖެއްސިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެއަރޕޯޓަށް ދިން ބޮމުގެ ވަރުގަދަ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެއެވެ.

ރަސްމީ އިދާރާތަކުން މައުލޫމާތު ދޭގޮތުގައި އެތައްބަޔަކު މަރުވެ، އަދި އިތުރު އެތައްބަޔަކަށް މި ބާރުގަދަ ގޮވުންތަކުގެ ސަބަބުން ވަނީ އަނިޔާ ވެފައެވެ.

މި ބާރުގަދަ ގޮވުންތައް ގޮވާފައި ވަނީ، ދުރުން ދިން ހަމަލާތަކެއްގެ ސަބަބުން ކަމެއް ނުވަތަ އެއަރޕޯޓުގެ އެކި ސަރަހައްދު ތަކުގައި ހަރުކޮށްފައިވާ ބޮންތަކެއްގެ ސަބަބުން ކަމެއް އަދި ޔަގީނެއް ނުވެއެވެ. މިހާތަނަށް އައިއިރު އެއްވެސް ބަޔަކު އަދި މިހަމަލާތަކުގެ ޒިންމާ އުފުލާފައެއެއް ނުވެއެވެ.

ބާރުގަދަ ގޮވުންތަކުގެ ސަބަބުން މަރުވި މީހުންގެ ހަށިތައް އެކި ސަރަހައްދުތަކަށް ބުރައިގެން ގޮސްފައިވާ މަންޒަރު ފެނިފައިވާ ކަމަށް ބައެއް ފަރާތްތަކުން މީޑިއާތަކަށް ވަނީ މައުލޫމާތު ދީފަ

ޔަމަނުގެ އިންފޮމޭޝަން މިނިސްޓަރ މުއައްމާރު އަލް-އެރްޔާނީ ވިދާޅުވެފައި ވަނީ، މިގޮވުންތަކުގެ ޒިންމާ އުފުލަންޖެހޭނީ، އިރާނުން އެހީތެރި ވެދީގެން އެގައުމުގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހޫތީން ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިހަމަލާގައި، ބޮންތައް ގޮއްވާލުމުގެ ކުޑަވަގުތު ކޮޅެއްކުރިން އެއަރޕޯޓުގައި ޖެއްސި މަތިންދާ ބޯޓުން ދަތުރު ކުރި، ސަރުކާރުގެ އެއްވެސް އޮފިޝަލަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ހޫތީން ވަނީ، މިހަމަލާގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނެފައެވެ.

ބޮން ގޮއްވާލި ސަރަހައްދުގައި ތިބި އޮފިޝަލުން ބުނެފައިވާ ގޮތުގައި، މިހަމަލާގެ ސަބަބުން، މަރުވި މީހުންގެ ހަށިގަޑުގެ ބައިތައް އެކި ހިސާބުތަކަށް ބުރައިގެން ގޮސްފައި ވަނިކޮށް އެމީހުންނަށް ވަނީ ފެނިފައެވެ.

ޔަމަނުގައި އަލަށް އެކުލަވާލެވުނު ކެބިނެޓަށް އަމާޒުކޮށް މިދެވުނު ހަމަލާ ތުރުކީން ވަނީ ހަރުކަށި އިބާރާތުން ކުއްވެރި ކޮށްފައެވެ.

މިހަމަލާގެ އަމާޒުކަމަށް ބެލެވުނު މަތިންދާބޯޓުން ދަތުރި ބޭފުޅެއްކަމުގައިވާ އެގައުމުގެ ކޮމިއުނިކޭޝަން މިނިސްޓަރ ނަގުއިބް އަލް-އަވްގު ވިދާޅުވި ގޮތުގައި، މި ގޮވުންތަކުގެ އަޑު އިވުމާއެކު، އޭނާއަށް އެންމެ ފުރަތަމަ ހީކުރެވުނީ އެއީ ޑްރޯން ހަމަލާއެއް ކަމުގައި ކަމަށެވެ.

އާ ކެބިނެޓަށް މަރުހަބާ ކިއުމަށްޓަކާ އެއަރޕޯޓަށް ގިނަބަޔަކު މިއަދު އެއްވެފައިވޭ

"މަތިންދާ ބޯޑަށް ހަމަލާ އެރިނަމަ މިހާދިސާ ބޮޑު ކާރިސާއަކަށް ވެގެން ދިޔައީސް،" މިހަމަލާގެ އަމާޒަކީ ސަރުކާރުގެ އިސް އެތަކެއް އޮފިޝަލުންތަކަކާއި އެކީ ދަތުރުކުރި މި ބޯޓުކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވިއެވެ. ބޯޓު އަދަންގެ އެއަރޕޯޓުގައި ޖައްސާފައިވަނީ، ޖައްސަން ހަމަޖެހިފައި އޮތް ވަގުތަށްވުރެ ތަންކޮޅެއް ލަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.