ދިވެހި އުފެއްދުންތެރިކަން އިތުރަށް ޕްރޮމޯޓް ކުރުމަށް ޚާއްސަކޮށްގެން ޓިކްޓޮކް މުބާރާތެއް ފަށައިފި

ދިވެހި އުފެއްދުންތެރިކަން އިތުރަށް ޕްރޮމޯޓް ކުރުމަށް ޚާއްސަކޮށްގެން ޓިކްޓޮކް މުބާރާތެއް ފަށައިފި

އިކޮނޮމިކް މިނިސްޓްރީން ދިވެހީންގެ މައުރަޒު 2025 އާ ގުޅުވައިގެން އައު ޓިކްޓޮކް މުބާރާތެއް ފަށައިފިއެވެ. މި މުބާރާތަކީ މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒުގެ ތެރެއިން ދިވެހި އުފެއްދުންތެރިކަން އިތުރަށް ޕްރޮމޯޓް ކުރުމަށް ބާއްވާ ޚާއްޞަ މުބާރާތެކެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މި މުބާރާތުގެ މައި އިނާމުގެ ގޮތުގައި 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން، ކޮންމެ މަހެއްގައިވެސް އެންމެ މޮޅު ވީޑިއޯ އަށް 3،000 ރުފިޔާގެ ޚާއްޞަ އިނާމެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މުބާރާތުގައި ހުށަހެޅޭ ވީޑިއޯތައް ވަޒަންކުރުމުގައި އެންމެ އިސްކަމެއް ދެނީ އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް ކަމަށްވާތީ، މި ބަޔަށް 40 ޕަސަންޓް މާކްސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވީޑިއޯގެ ކޮންޓެންޓާއި އެންގޭޖްމަންޓަށް 30 ޕަސަންޓް މާކްސް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ދިވެހި އުފެއްދުންތެރިކަން ދައްކުވައިދޭ ވީޑިއޯތައް ޓިކްޓޮކަށް އަޕްލޯޑްކުރުމަށްފަހު، @maldives.expo ޓެގު ކުރަންވާނެއެވެ. މީގެ އިތުރުން #dhiveheengemauraz25 ނުވަތަ #expomaldives25 ހޭޝްޓެގް ބޭނުންކުރަންވާނެއެވެ. މި މުބާރާތް ކުރިއަށްދާނީ އޭޕްރީލް 30 ގެ ނިޔަލަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *