ސިވިލްއޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅޭ ޝަކުވާ ރައީސަށް!

ސިވިލްއޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅޭ ޝަކުވާ ރައީސަށް!

Author
ހުސައިން
03 ފެބްރުއަރީ 2025 08:49
0

ސިވިލްއޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފުންތަކެއް އެ އޮތޯރިޓީގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކުރުމަށް އިއްޔެ ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަން ހުށަހެޅި މުވައްޒަފުން ފާހަގަކުރި ގޮތުގައި، އެ އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް، އެ ބަދަލަށް މުވައްޒަފުން އެއްބަސްވެ ސޮއިކުރި ނަމަވެސް، މި އަހަރުގެ ޖެނުއަރީ މަހުގެ މުސާރަ ދީފައިވަނީ މި އާ އޮނިގަނޑާ އެއްގޮތަކަށް ނޫނެވެ.

މުވައްޒަފުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، މުސާރަ އާ އޮނިގަނޑާ އެއްގޮތަށް ނުދެވުނު ސަބަބެއްގެ ގޮތުގައި އޮތޯރިޓީން ބުނެފައިވަނީ، ސަރުކާރުގެ އިދާރާތަކުން ލިބެންޖެހޭ ހުއްދަތައް ނުލިބޭތީ ކަމަށެވެ. ރައީސް އޮފީހުގެ ބޭރުގައި ތިބެ މުވައްޒަފުން ހާމަކުރި ގޮތުގައި، މި މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނައުމަށް ނިންމީ، ސިވިލްއޭވިއޭޝަން އޮތޯރިޓީއަކީ ވަރަށް މުހިންމު ޒިންމާތަކެއް އަދާކުރާ އިދާރާއަކަށް ވެފައި، އާ އޮނިގަނޑާ އެއްގޮތަށް ވަޒީފާގެ އެއްބަސްވުންތައް ވެސް ހަދާފައިވަނިކޮށް މުސާރަ އެގޮތަށް ނުދިނުމަކީ ކަންބޮޑުވާންޖެހޭ ކަމަކަށް ވާތީއެވެ. އަދި މުވައްޒަފުން ވަނީ މި މައްސަލައާ ގުޅިގެން ރައީސާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓަކަށް ވެސް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.