ރާއްޖޭގެ 57 ރަށެއްގައި 12,000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އިމާރާތްކުރުމަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް އިމިއަދު ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތައް ބެހިގެންވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އަދި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ މައްޗަށެވެ.
އަދި މީގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގައި ބަޔާންކުރާ ހަމަތަކުގެ މަތިން މި މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. މި މަޝްރޫއުގެ ދަށުން އެންމެ ކުޑަވެގެން 30 ހައުސިން ޔުނިޓުން ފެށިގެން އެންމެ ގިނަވެގެން 2,000 ހައުސިން ޔުނިޓާ ހަމައަށް އެކި ރަށްރަށުގައި އިމާރާތްކުރުމަށް ވަނީ ރޭވިފައެވެ.