މޯލްޑިވިއަން އެއާލައިންސްގެ އައިލެންޑް އޭވިއޭޝަން ސަރވިސަސްއިން އައްޑޫސިޓީ ގަމުގައި ހިންގަމުންދާ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އެކަޑެމީއަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި ގުޅިގެން އުފައްދާފައިވާ ތަނެއް ކަމަށްވާއިރު، މިހާރު މި ތަނުގައި ހިންގަމުންދަނީ ކޮމާޝަލް ޕައިލެޓް ލައިސަންސް އަދި ޕްރައިވެޓް ޕައިލެޓް ލައިސަންސްގެ ކޯސްތަކެވެ.
2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށުނު މި އެކަޑެމީގެ ފްލައިންގ ސްކޫލް ހިންގަމުން ގެންދަނީ ޗެކް ރިޕަބްލިކްގެ ފްލައިންގ ސްކޫލާ ގުޅިގެންނެވެ. ޕައިލެޓްކަމުގެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް މި ކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތު 7914242 ނަންބަރާ ގުޅައިގެން ސާފުކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ