ހެންވޭރު ބުރެވިމަގުގައި ހުރި ގެއެއްގެ ފަސްވަނަ ބުރީގެ އެޕާޓްމަންޓަކުން ކުޑަކުއްޖަކު ކުޑަދޮރުން ފައިބަން އުޅުނު ނުރައްކާތެރި ހާދިސާއެއްގެ ވީޑިއޯއެއް އާންމު ވެއްޖެއެވެ.
މި ވީޑިއޯގައި ދައްކާ މަންޒަރުތަކުގައިވާ ގޮތުން، ސީދާ މަގާ ދިމާލަށް ހުރި ކުޑަދޮރަކުން ކުޑަ ކުއްޖަކު ފައިބަން މަސައްކަތްކުރި އެވެ. މި ކުޑަދޮރު ހުރީ ބެލްކަންޏެއް ވެސް ނެތް ހިސާބެއްގައެވެ. ގާތްގަނޑަކަށް 50 ސިކުންތު ދިގު މި ވީޑިއޯގައި ފެންނަނީ، ކުޑަކުއްޖާ ކުޑަދޮރު މައްޗަށް އަރައި، ބޭރަށް ދެފައި ތިރިކޮށް، ކުޑަދޮރުމަތީ އިށީނދެ އިން މަންޒަރެވެ.
🚨#Breaking: Henveyru Burevi Magu gai huri imaaraatheh ge 5 vana fangifilaa in kuda kuhjjaku nuvehti kiriyaa salaamaiy vehjje!
Ithuru mauloomaathu: https://t.co/kYRI7216S4 pic.twitter.com/onrtyiKs1b
— #MvCrisis (@MvCrisis) January 24, 2025
މި ހާދިސާ ހިނގަމުންދިޔައިރު މަގުމަތީގައި ތިބި މީހުން ކުއްޖާއަށް ގޮވައި، އެތެރެއަށް ވަންނަން ބުނި އަޑު ވީޑިއޯއިން އިވެއެވެ. ނަސީބަކުން، ގޭތެރެއިން މީހަކު ކުއްލިއަކަށް އައިސް ކުއްޖާ އެތެރެއަށް ދަމައިގަތުމުން އެ ކުއްޖާ ސަލާމަތްވިއެވެ. ނަމަވެސް ކުއްޖާ ސަލާމަތްކުރި މީހަކީ އެ ގޭގެ މީހެއްކަން ނުވަތަ މަންޒަރު ފެނިގެން އެ ގެއަށް ވަދެ ކުއްޖާ ސަލާމަތްކުރި މީހެއްކަން އަދި ސާފެއް ނޫނެވެ.
މި ހާދިސާ ހިނގި ގޮތުގެ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، ކުޑަކުދިންނާ ގުޅުންހުރި މިފަދަ އިހުމާލުގެ މައްސަލަތައް މީގެ ކުރިން ވެސް ފާހަގަކުރެވި، ތަހުގީގު ކުރެވިފައިވާކަން ފާހަގަކުރެވެއެވެ.