ދަނޑުވެރިކަމުގެ ދާއިރާއި މަތީ ތައުލީމު ހާސިލް ކުރުމަށް ސްކޯލަރޝިޕް ފުރުސަތު ހުޅުވާލައިފި

ދަނޑުވެރިކަމުގެ ދާއިރާއި މަތީ ތައުލީމު ހާސިލް ކުރުމަށް ސްކޯލަރޝިޕް ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
23 ޖެނުއަރީ 2025 11:54
0

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ވެލްފެއަރ އިން، އެގްރިކަލްޗަރގެ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވާލައިފައެވެ. މި ފުރުސަތުތަކަކީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ގުޅިގެން ހިންގާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ގެ ދަށުން ދެވޭ ފުރުސަތުތަކެކެވެ.

މި ސްކޮލަރޝިޕްގެ ދަށުން ބެޗެލަރސް ޑިގްރީ ފެންވަރުގައި އެގްރިކަލްޗަރަލް ސައިންސް، ވެޓެރިނަރީ، ޒޫލޮޖީ، އެނިމަލް ސައިންސް، އެގްރިކަލްޗަރ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ)، އަދި ނެޗުރަލް ރިސޯސް މެނޭޖްމަންޓް/ބެޗެލަރ އޮފް އިކޮނޮމިކްސްގެ ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ލިބެއެވެ. އަދި މާސްޓަރސް ޑިގްރީ ފެންވަރުގައި ޕްރޮޓެކްޝަން، އެންޓޮމޮލޮޖީ، އަދި ޕްލާންޓް ޕެތޮލޮޖީ ދާއިރާއިން އެއް ފުރުސަތު ދެވޭނެއެވެ.

މާސްޓަރސް ޑިގްރީއަށް ކުރިމަތިލެވޭނީ ކޯހުގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށް، ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. ބެޗެލަރސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުން އޯލެވެލްގެ ފަސް މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް އަދި އޭލެވެލްގެ ތިން މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައި ވާންޖެހެއެވެ.

މި ފުރުސަތުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. މި ގަޑީގެ ކުރިން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިއުންތައް ހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ކަމަށް މިނިސްޓްރީން އަންގަވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.