ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވައިފި

ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވައިފި

Author
ހުސައިން
20 ޖެނުއަރީ 2025 10:10
0

އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.

* ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަށް ހުވާކުރެއްވީ ވޮޝިންގްޓަން ޑީ.ސީ ގައި މެންދުރު (ގްރީންވިޗް ގަޑިން 17:00) ވަގުތުއެވެ. ޓްރަމްޕް މަގާމުގެ ހުވާކުރެއްވުމަށް މިއަދު ބޭއްވުނީ އެމެރިކާގެ ތާރީޚުގައި ބޭއްވުނު 60 ވަނަ ހުވާކުރުމުގެ ރަސްމިއްޔާތެވެ.

* ފިނިގަދަވުމާއި ގުޅިގެން، އާންމުކޮށް ބޭރުގެ މާބަލް ސިޑިތަކުގައި ބާއްވާ ރަސްމިއްޔާތު، ޓްރަމްޕް ވަނީ ކެޕިޓަލް ރޮޓަންޑާގެ އެތެރެއަށް ބަދަލުކޮށްފައެވެ.

* ޖިނާއީ ކުށްތަކަކަށް ޙުކުމް ކުރެވުނު ފުރަތަމަ އެމެރިކާ ރައީސް، ޓްރަމްޕް ވަނީ ނޮވެމްބަރު މަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ކަމަލާ ހެރިސްގެ މައްޗަށް ހޯދި ކާމިޔާބު ހޯއްދަވާފައެވެ.

* ޓްރަމްޕް އުމުރުފުޅުން 78 އަހަރުގައި ވައިޓް ހައުސްއަށް އެނބުރި މި ވަޑައިގަތީ، މީގެ 4 އަހަރު ކުރިން ރިޔާސީ އިންތިޚާބުގައި ބަލިވުމަށްފަހުގައެވެ.

ޓްރަމްޕް ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ނައިބު ރައީސްގެ ހުވާ ޖޭމްސް ޑޭވިޑް ވެންސް ވަނީ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.