މެރިން އެކްސްޕޯ ފެބްރުއަރީ 6 އިން 9 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި

މެރިން އެކްސްޕޯ ފެބްރުއަރީ 6 އިން 9 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި

Author
ހުސައިން
20 ޖެނުއަރީ 2025 01:11
0

މޯލްޑިވްސް މެރިން އެކްސްޕޯގެ 10 ވަނަ އަހަރީ ފެއަރ އަންނަ ފެބްރުއަރީ މަހުގެ 6 އިން 9 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިއްޖެއެވެ.

މީޑިއަމް އިވެންޓްސްއިން ބުނާގޮތުގައި މި އެކްސްޕޯގެ އެންމެހާ ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ. މިއަހަރުގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީ ކަމަށްވާއިރު، އެހެނިހެން ޕާޓްނަރުންނާއެކުވެސް ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

މެރިން އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ބޯޓިން ސިނާއަތުގެ އެންމެހާ ފަރާތްތައް އެއްތަނަކަށް ޖަމާކޮށް، އެ ދާއިރާގެ ވިޔަފާރި އިތުރަށް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމެވެ. މި އެކްސްޕޯގައި ބޯޓު ބިލްޑަރުންނާއި، މާލީ އަދި އިންޝުއަރެންސް ވިޔަފާރިތަކާއި، ބޯޓުފަހަރަށް ބޭނުންވާ ސާމާނު ވިއްކާ ފަރާތްތަކާއި، މަސްވެރިކަމުގެ ދާއިރާގެ އެކި ފަރާތްތައް ބައިވެރިވާނެކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.