ލައްކައަކަށްވުރެ ގިނަ ރުފިޔާއާއި، ވަކި ލާރި ފުޅިއެއް ވަގަށް ނެގި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި

ލައްކައަކަށްވުރެ ގިނަ ރުފިޔާއާއި، ވަކި ލާރި ފުޅިއެއް ވަގަށް ނެގި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި

Author
ހުސައިން
19 ޖެނުއަރީ 2025 12:26
0

ލައްކައަކަށްވުރެ ގިނަ ރުފިޔާއާއި، ވަކި ލާރި ފުޅިއެއް ވަގަށް ނެގި މީހަކު ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. ޖަލަށްލާން ހުކުމް ކޮށްފައިވަނީ ތ. ކިނބިދޫ / ފިތުރޯނުގެ، މުހައްމަދު އިލްހާމްގެ މައްޗަށެވެ. މިއީ 2022 ވަނަ އަހަރު "ތައި ޝޮޕް" އަށް ވަދެ، ވައްކަންކުރި މައްސަލައެކެވެ. އިލްހާމް މި ފިހާރައަށް ވަދެފައިވަނީ ވައިގޮޅީގެ ކުޑަދޮރުގެ ތަންޑެއް ހަލާކުކޮށްލުމަށްފަހުގައެވެ.

އެތަނުން އޭނާ ވަނީ ތިޖޫރީގައި ހުރި ލައްކައަކަށްވުރެ ގިނަ ރުފިޔާއާއި، ޕާސްޕޯޓްތަކަކާއި އަދި ވަކި ލާރި ފުޅިއެއް ވަގަށް ނަގާފައެވެ. މި މައްސަލައިގައި އިލްހާމްގެ މައްޗަށް ވައްކަމާއި، ހުއްދަނޫން ތަނަކަށް ގެއްލުންދިނުމާއި، އަދި ހުއްދަނޫން ތަނަކަށް ވަނުމުގެ ތިން ދަޢުވާ ކުރެވުނެވެ.

މި ދަޢުވާތައް ސާބިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 21 މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.