ހުޅުމާލޭ ފޭސް 2 ގައި ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެއް ފުލުހުން ތަހުގީގު ކުރަނީ

ހުޅުމާލޭ ފޭސް 2 ގައި ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެއް ފުލުހުން ތަހުގީގު ކުރަނީ

Author
ހުސައިން
18 ޖެނުއަރީ 2025 11:18
0

ހުޅުމާލޭ ފޭސް 2 ގައި މިރޭ ދެ ގްރޫޕެއްގެ މެދުގައި މާރާމާރީއެއް ހިނގައިފިކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފިއެވެ. ފުލުހުން އިތުރަށް މަޢުލޫމާތު ދިން ގޮތުގައި މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، މިދިޔަ ބުދަ ދުވަހުވެސް ހުޅުމާލޭ ސެނެހިޔާ ހޮސްޕިޓަލް ކައިރިން ޒަޚަމުތަކަކާއެކު މީހަކު ފެނުނު ކަމަށް ވެސް ވަނީ ރިޕޯޓުކުރެވިފައެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.