ދުނިޔެއިން މިހާތަނަށް ރިކޯޑުކުރެވިފައިނުވާ އާ މަހެއް ރާއްޖެއިން ފެނިއްޖެ

ދުނިޔެއިން މިހާތަނަށް ރިކޯޑުކުރެވިފައިނުވާ އާ މަހެއް ރާއްޖެއިން ފެނިއްޖެ

ގުޅުންހުރި

ރާއްޖެއިން އަނެއްކާވެސް ދުނިޔެއިން މިހާތަނަށް ރިކޯޑުކުރެވިފައިނުވާ އާ މަހެއް ފެނިއްޖެއެވެ.

މެރިން ޖާނަލް މޯލްޑިވްސްއިން މިއަދު ހާމަކުރި ގޮތުގައި، ބޭރުގެ ސައިންޓިސްޓުންނާއި ރާއްޖޭގެ މެރިން ރިސާޗު ސެންޓަރު ގުޅިގެން ކުރި ދިރާސާއަކުން މި މަސް ފެނުނީ ކަނޑުގެ އަޑިން އަލި ފަނޑުވާ 100 އާއި 125 މީޓަރާ ދެމެދުގެ ފުން ހިސާބުން، އަރިއަތޮޅުގެ އުތުރުން ފެށިގެން ފ. އަތޮޅުގެ ދެކުނުގެ ސަރަހައްދުންނެވެ.

މި އާ މަހަށް "ރަކި ބުރަކި" އޭ ނަން ދީފައިވަނީ، ޑައިވަރުންނަށް ފެންނަ އިރަށް ވަރަށް އަވަހަށް މަސްތައް ރަކިވެގެން ފިލާތީ، އެކަމާ ގުޅުވައިގެންނެވެ. 2-3 އިންޗިއަށް ބޮޑުވާ މި މަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ޕްލެކްޓްރަންތިއަސް ރަކި" އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ދުނިޔެއިން އަލަށް ރެކޯޑުކުރެވުނު އާ މަހެއް ރާއްޖެއިން ފެނުނެވެ. ޅ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ސަރަހައްދު ހިމެނޭހެން 180 ކިލޯމީޓަރުގެ ސަރަހައްދަކުން ފެނުނު އެ މަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ކްރޯމިސް އަބަދަށް" އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *