އޮޔާދިޔަ މީހުން ސަލާމަތްކުރުމަށް މުވައްޒަފުންދެއްކި ހިތްވަރަށް ފަޚުރުވެރިވަން: އެމްޓީސީސީ

އޮޔާދިޔަ މީހުން ސަލާމަތްކުރުމަށް މުވައްޒަފުންދެއްކި ހިތްވަރަށް ފަޚުރުވެރިވަން: އެމްޓީސީސީ

Author
ހުސައިން
17 ޖެނުއަރީ 2025 10:26
0

އެމްޓީސީސީގެ މުވައްޒަފުން މިއަދު ކުރި އިންސާނީ ހިތްވަރުގަދަ މަސައްކަތަކުން ވިލިމާލޭގައި މޫދަށްއެރި އުޅުނު ތިން މީހަކު އޮޔާދަމައިގެން ދިޔަ ނުރައްކާތެރި ހާދިސާއިން ވަނީ ސަލާމަތްކޮށްފައެވެ. މި މީހުން ސަލާމަތްކުރެވުނީ އެމްޓީސީސީގެ ވިލިމާލޭ ފެރީ ސަރވިސްގެ މުވައްޒަފުންގެ ހުނަރުވެރި އަދި ކާމިޔާބު މަސައްކަތަކުންނެވެ.

މިފަދަ ނުރައްކާތެރި ހާލަތްތަކަށް މުވައްޒަފުން އަބަދުވެސް ތައްޔާރަށް ތިބުމަށްޓަކައި، ކުންފުނިން ގަވާއިދުން ސަލާމަތާއި ސަލާމަތްކުރުމުގެ ތަމްރީނުތައް ދެމުންދާކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ. އަދި މިފަދަ ހާލަތެއްގައި އެ ކުންފުނީގެ މުވައްޒަފުން ދެއްކި ހިތްވަރާއި ވިސްނުންތެރިކަމާމެދު އެމްޓީސީސީން ފަޚުރުވެރިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް ވަނީ އެމްޓީސީސީގެ މުވައްޒަފުންގެ މަސައްކަތުން މި މީހުން ސަލާމަތްކުރެވުނުކަން ކަށަވަރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.