ބިދޭސީންތަކެއްގެ މެދުގައި މިރޭ މާރާމާރީއެއް ހިނގައި، 3 މީހަކު ހައްޔަރު ކޮށްފި

ބިދޭސީންތަކެއްގެ މެދުގައި މިރޭ މާރާމާރީއެއް ހިނގައި، 3 މީހަކު ހައްޔަރު ކޮށްފި

Author
ހުސައިން
17 ޖެނުއަރީ 2025 09:55
0

އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި މިރޭ މާރާމާރީއެއް ހިނގައިފިއެވެ.

ފުލުހުން ބުނެފައިވަނީ، މިމާރާމާތީ ހިނގާފައިވަނީ، އިންޑިއާއަށް ނިސްބަތްވާ ތިން ފިރިހެނުން ތަކެއްގެ މެދުގައި ކަމުގައެވެ. އަދި މި މާރާމާރީގެ ރިޕޯޓު ލިބިފައިވަނީ މިރޭ 8:30 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މި މާރާމާރީގެ މަންޒަރު ރެކޯޑުކުރަން މަސައްކަތްކުރި ދިވެއްސަކާ ދިމާލަށް ވެސް އެ މީހުން އަނިޔާވެރި ޢަމަލު ހިންގާފައިވެއެވެ. މި މައްސަލާގައި ބައިވެރިވި އިންޑިއާގެ ތިން ރައްޔިތުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ވަގުތު ފުލުހުން އަންނަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.