ޓެކްސީ ޚިދުމަތަށް ފައިސާ ދައްކަން އިންކާރުކުރި އަންހެނަކު ޕޮލިހަށް ގެންގޮސްފި

ޓެކްސީ ޚިދުމަތަށް ފައިސާ ދައްކަން އިންކާރުކުރި އަންހެނަކު ޕޮލިހަށް ގެންގޮސްފި

Author
ހުސައިން
17 ޖެނުއަރީ 2025 12:21
0

ހުޅުމާލޭގައި ޓެކްސީ ޚިދުމަތް ލިބިގަތުމަށްފަހު ފައިސާ ދެއްކުމަށް އިންކާރުކުރި އަންހެނަކު މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރެވިފައިވަނީ މިރޭ 8:30 ހާއިރުގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން ތަޙްޤީޤީ މިހާރު ކުރިއަށްދާކަން ފުލުހުން ހާމަކޮށްފައިވާއިރު، މީސް މީޑިއާގައި ފެތުރެމުންދާ ވީޑިއޯއެއްގައި އެ އަންހެން މީހާ ކައިރީގައި ފުލުހަކު މަސައްކަތްކުރަމުންދާ މަންޒަރާއި، އޭނާ ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދާ މަންޒަރު ފެނިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.