ލަންކާ މަސްބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އަތުލައިގެންފި

ލަންކާ މަސްބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އަތުލައިގެންފި

Author
ހުސައިން
17 ޖެނުއަރީ 2025 12:07
0

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ސްރީލަންކާއަށް ނިސްބަތްވާ މަސްބޯޓެއް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަތުލައިގަނެފިއެވެ. މި އުޅަނދު ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

އަތުލައިގަނެވުނު އުޅަނދުގައި ހައެއްކަ މީހުން ތިބިކަން އެމްއެންޑީއެފުން ހާމަކުރިއެވެ. އަދި މިހާރު އެ އުޅަނދު ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ. މި ފަދަ ހާދިސާތައް އާންމުކޮށް ހިނގާކަން ފާހަގަކުރެވޭއިރު، ބޭރުގެ މަސްބޯޓުތައް ދޭތެރެ ދޭތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުން އެމްއެންޑީއެފުން އަތުލައިގަނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.