ސާރާގެ ނަސޭހަތް އިބްރާހިމަށް!

ސާރާގެ ނަސޭހަތް އިބްރާހިމަށް!

އަރަމުން އަންނަ ފިލްމީ ތަރި ސާރާ އަލީ ޚާން އޭނާގެ ކޮއްކޮ އިބްރާޙީމް އަލީ ޚާނަށް ފިލްމީ ދާއިރާއަށް ވަނުމާ ބެހޭގޮތުން ނަސޭހަތެއް ދީފިއެވެ.

ސާރާ ބުނީ ކޮށްކޮއަށް އޭނާ ދޭން އޮތް ނަސޭހަތަކީ އާންމުންގެ އެޓެންޝަން ހޯދުނު ވަރަކަށް ހޯދާށޭ ކަމަށެވެ.

ސާރާ އީ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އިބްރާހީމް އަލީ ޚާން ބޭނުންވީ ކިޔަވައިގެން ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރުން ކަމަށެވެ. އެހެންކަމަށް ވާނަމަ ސާރާ ޤަބޫލުކުރާގޮތުގައި ފިލްމު އިންޑަސްޓްރީއަކީ މަސައްކަތްކުރަން ރަނގަޅު ތަނެކެވެ.

އަދި އެކްޓިންގެ ދާއިރާއާއި ބެހޭގޮތުން އޮޅުން ފިލުވުމަށް އިބްރާހީމަށް އާއިލާގެ އެހެން މީހުންކައިރީގައިވެސް އެހިދާނެކަމަށެވެ. އެއީ އާއިލާގައި އޭނާއަށް ވުރެން ތަޖުރިބާ ހުރި ފިލްމީ ތަރިން ތިބީތީ ކަމަށްވެސް ސާރާ ވަނީ  ބުނެފައެވެ. އެއާއެކު ސާރާ ބުނީ އެކްޓް ކުރުމާމެދު އެއްޗެއް ބުނުމަކީ އަދި އޭނާގެ ފެންވަރުގެ ކަމެއް ނޫންކަމަށެވެ. މީގެ އިތުރުން ކޮއްކޮއަށް ބުނެލަން އޮތީ އެހެން މީހުން ކަންތައްކުރާގޮތް ބަލައިގެން ދަސްކުރާށޭ ކަމަށްވެސް ސާރާ ވަނީ ބުނެފައެވެ. އިބްރާހީމް ކައިރީ އޭނާގެ މަންމާއާއި ބައްޕަ އަދި އެހެން މީހުންވެސް ނަސޭހަތް ދޭން އެބަތިބިކަމަށްވެސް ސާރާ އަލީ ޙާން ވަނީ ބުނެފައެވެ.

ސާރާ އާއި އިބްރާހީމްގެ ބައްޕަ ސައިފް އަލީ ޚާނާއި މާމަ ޝަރްމީލާ ޓެގޯރް، ބޮޑުދައިތަ ސޯހާ އަލީ ޚާން، މަންމަ އަމްރިތާ ސިންގް އަދި ދޮންމަންމަ ކަރީނާ ކަޕޫރަކީ އިންޑިއާގެ ފިލްމު އިނޑަސްޓްރީގައި ނަންވިދާ ތަރިންނެވެ.

ސާރާ އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނުކުތީ ފިލްމު "ކޭދަރްނާތު" އިން ސުޝާންތު ސިންގް ރާޖްޕުތާއި އެކުއެވެ. އެއަށްފަހު ބުލޮކްބާސްޓާ ފިލްމު "ސިންބާ" އަދި "ލަވް އާޖް ކަލް" ފަދަ ފިލްމު ތަކުން ވަނީ ފެނިފައެވެ.

ސާރާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ "ކޫލީ ނަމްބަރ-1″ އިން ވަރުން ދަވަން އާއި އެކުގައެވެ. ނަމަވެސް މި ފިލްމަށް އެހާ ޕޮސިޓިވް ކޮމެޓުތަކެއް ލިބިފައި ނުވެއެވެ. ސާރާ މިހާރު މަސައްކަތް ކުރަމުންދަނީ ފިލްމު "އަތުރަންގީ ރޭ" ގެ ޝޫޓިންގައި އަކްޝޭ ކުމާރު އަދި ދަނުޝް އާއި އެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *