އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ ތިން ދާއިރާއެއްގެ މަޤާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ ތިން ދާއިރާއެއްގެ މަޤާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
02 ޖެނުއަރީ 2025 08:28
0

އެމްޑީޕީން އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހުސްވެފައިވާ ތިން ދާއިރާއެއްގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިގޮތުން ހުސްވެފައިވާ މަޤާމުތަކަކީ ހއ. ހޯރަފުށީ ދާއިރާގެ ރައީސް، ރ. އިނގުރައިދޫ ދާއިރާގެ ރައީސް އަދި ގއ. ވިލިނގިލީ ދާއިރާގެ ރައީސްކަމުގެ މަޤާމެވެ.

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، 2025 ވަނަ އަހަރުގެ ޖަނަވަރީ 1 އާ ހަމައަށް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުމާއި، ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެފައި ނުވުން ހިމެނެއެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން 2025 ވަނަ އަހަރުގެ ޖަނަވަރީ 6 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންގެ އިތުރުން، ޕާޓީގެ ޗެއަރޕާސަން، ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގައި ޕާޓީ ތަމްސީލުކުރައްވާ މެންބަރުން، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.