އަކްޝޭ ފިލްމް ކުޅެދޭ އަގު ބޮޑުކޮށްފި

އަކްޝޭ ފިލްމް ކުޅެދޭ އަގު ބޮޑުކޮށްފި

ރިޕޯޓުތައް ބުނާގޮތުގައި މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު އޭނާ ފިލްމު ކުޅޭ އަގު މަތިކޮށްފި އެވެ.

ކުރިން އަކްޝޭ ފިލްމު ކުޅެނީ 117 ކަރޯޑަށެވެ. ނަމަވެސް މިހާރު އަކްޝޭ ފިލްމުކުޅެން ނިންމާފައިވާ އަގަކީ 135 ކަރޯޑް އެވެ.

އަކްޝޭ ކުމާރް ގެ އެކްޓިން ފީއަށް ބަލާއިރު، ފިލްމުގެ ބަޖެޓު އުޅެނީ 185-195 ކަރޯޑް އާއި ދެމެދުގައެވެ. އަދި މި ފިލްމުގެ ސޭލްސް އިން 80-90 ކަރޯޑް ލިބޭ އިރު 10 ކަރޯޑް މިއުޒިކް ރައިޓްސް އިން ލިބެއެވެ. އަދި 95-100 ކަރޯރް އާއި ދެމެދުގެ އަގެއް ސިނަމާތަކުންނާއި ތިއޭޓަރުތަކުން ލިބެއެވެ. އެގޮތުން ބޮކްސް އޮފީހުގައި ފިލްމަކަށް 210-220 އާއި ދެމެދުގެ އަގެއް ލިބޭނެއެވެ. އެހެންކަމުން އަކްޝޭ ކުމާރު ފަދަ ތަރިއަކަށް މިވަރުގެ އަގެއް ދިނުމަކީ ވަރަށް ފަސޭހަކަމެކެވެ.

ނަމަވެސް އަކްޝޭވަނީ އޭނާގެ ރަހުމަތްތެރިޔާ ސާޖިދް ނާޑިއާވާލާއަށް މި ދަނޑިވަޅުގައި އެހީތެރިވުމަށްޓަކައި "ބައްޗަން ޕާންޑޭ"ދަށް އަގެއްގައި ކުޅެން އެއްބަސްވެފައެވެ.

އަކްޝޭ ކުމާރުގެ ވަރަށް ގިނަ ފިލްމުތައް ވަނީ މި އަންނަ އަހަރު ރިލީސްކުރުމަށް ހަމަޖެހިފައެވެ. އެގޮތުން "ސޫރްޔާވާންޝީ"، "ޕްރިތްވިރާޖް"، "ބެލް ބޮޓޮމް"، "އަތުރަންގީ ރޭ"، "ބައްޗަން ޕާންޑޭ"، "މިޝަން ލަޔަން"، "ރާމް ސެތޫ"، "ރަކްޝާ ބަންދަން" ފަދަ ފިލްމުތައް ވަނީ އަންނަ އަހަރު ތެރޭގައި ރިލީސްކުރުމަށް ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *