އެމްޑީޕީގެ މިރޭގެ ޖަލްސާގައި ޑިމޮކްރެޓްސްއިން ރަސްމީކޮށް ބައިވެރިއެއް ނުވާނެ، ޕާޓީގެ މެމްބަރުންނަށް ބައިވެރި ވެވޭނެ: ހަސަން

އެމްޑީޕީގެ މިރޭގެ ޖަލްސާގައި ޑިމޮކްރެޓްސްއިން ރަސްމީކޮށް ބައިވެރިއެއް ނުވާނެ، ޕާޓީގެ މެމްބަރުންނަށް ބައިވެރި ވެވޭނެ: ހަސަން

އެމްޑީޕީގެ ޖަލްސާތަކުގައި ޑިމޮކްރެޓްސް އިން ރަސްމީކޮށް ބައިވެރިނުވާނެ ކަމަށް އެޕާޓީން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ މިއަދު ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.

އޮންލައިން ނޫސް ސީއެންއެމް އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ ޖަލްސާތަކުގައި ބައިވެރިވުމާ މެދު ޑިމޮކްރެޓްސްގެ ފަރާތުން ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

ހަސަން ލަތީފް އިތުރަށް ވިދާޅުވީ، ޕާޓީގެ އާންމު މެންބަރުންނަށް އެކި އެއްވުންތަކުގައި ބައިވެރިވުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށެވެ. ޚާއްސަކޮށް، ދިވެހި ރައްޔިތުންގެ ހައިސިއްޔަތުން، ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުންވާ ކަންކަން ކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ޕާޓީއަކުން ބައިވެރިއެއް ނުވޭ އެމްޑީޕީގެ ޖަލްސާތަކުގަ. ދެން ޕާޓީގެ އާންމު މެންބަރުންނަށް އޮންނާނެ ހައްގު އެކި އެކި އެއްވުންތަކުގަ ބައިވެރިވުމާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން.
ހަސަން ލަތީފް ވިދާޅުވެފައި ވެއެވެ.

މިރޭ އެމްޑީޕީން "ޤާނޫނުއަސާސީގެ ދިފާޢުގައި ރައްޔިތުން" ގެ ނަމުގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން، ވޭތުވެދިޔަ ހަފްތާގައި ބޭއްވުނު ޕާޓީގެ ޖަގަހަ ޖަލްސާގައި، ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި، މިހާރުގެ ސަރުކާރުގެ ސިޔާސަތުތައް އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ބައްޓަންކުރެވިފައިވާ ކަމަށާއި، މިކަން ބަދަލުކުރަން ޖެހޭކަމަށެވެ. އަދި ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް މިކަން ވިސްނައިދިނުމަށް އެކި ގޮތްގޮތުން މަސައްކަތްކުރެވުނު ނަމަވެސް، ވެރިކަމުގެ ބާރު އޮތުމުގެ ސަބަބުން އެ ވާހަކަތަކަށް އިޖާބައެއް ނުލިބޭ ކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ސަރުކާރަށް އަޑުއިއްވުމަށްޓަކައި މަގުމައްޗަށް ނިކުންނަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *