ތައިލޭންޑުގެ ސަފީރަކަށް ފުއާދު އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

ތައިލޭންޑުގެ ސަފީރަކަށް ފުއާދު އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

ގުޅުންހުރި

ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާ ސަފީރަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

މި މަގާމަށް ފުއާދު އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވަނީ ނޮވެމްބަރު 25 ގައެވެ. އަދި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމާފައި އޮތީ ފުއާދުގެ ގާބިލް ކަމަށް ރިއާޔަތްކޮށް އިތުރު އިންޓަވިއުއެއް ނުކުރުމަށް ނިންމައިފައެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އަޣުލަބިއްޔަތުން ފުއާދަށް ރުހުން ދޭން ފާސްކުރިއެވެ

ފުއާދުގެ ކެރިއަރަށް ބަލާއިރު، އޭނާ އިލެކްޝަން ކޮމިޝަނުގައި މަސައްކަތް ފައްޓަވާފައިވަނީ 2008 ގައެވެ. އިންތިޤާލީ މަރުހަލާގައި، 2009 ގެ ސެޕްޓެމްބަރު 15 ގައި އޭނާ ކޮމިޝަނުގެ ރައީސްކަމާ ހަވާލުވެވަޑައިގަތެވެ. ދެވަނަ ދައުރަކަށް ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރެވުނީ 2021 ގެ ސެޕްޓެމްބަރު 15 ގައެވެ.

ފުއާދުގެ ލީޑަރޝިޕްގެ ދަށުން، އާ ޤާނޫނުއަސާސީގެ ދަށުން ބޭއްވުނު ގިނަ މުހިންމު އިންތިޚާބުތަކެއް ވަނީ ކާމިޔާބުކަމާއެކު ބޭއްވިފައެވެ. މީގެ ތެރޭގައި 2008 ގެ ފުރަތަމަ ރިޔާސީ އިންތިޚާބު، 2009 ގެ މަޖިލިސް އިންތިޚާބު، 2011 ގެ ކައުންސިލް އިންތިޚާބު، އަދި 2013 އާއި 2023 ގެ ރިޔާސީ އިންތިޚާބުތައް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ