ސަންޖޭ ލީލާގެ ފިލްމުގައި ހުމާގެ "އައިޓަމް ސޯންގް" އެއް

ސަންޖޭ ލީލާގެ ފިލްމުގައި ހުމާގެ "އައިޓަމް ސޯންގް" އެއް

Author
ފާތިމަތު ނާވީ
28 ޑިސެމްބަރ 2020 01:20
0

ފިލްމީ ތަރި އަދި މޮޑެލް ހުމާ ގުރޭޝީއަށް ވަނީ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއި ކަތިއަވަޅީ" ގައި ވަރަށް ހާއްސަ ލަވައަކަށް ނެށުމަށް ފުރުސަތު ލިބިފައެވެ.

މިކަމަކީ ހުމާއަށް ފިލްމީ ދާއިރާއިން ކުރިއަށް ދެމިގަންނަށް ލިބޭނެ އެންމެ ބޮޑުއެއް ފުރުސަތެވެ. އެހެންކަމުން މި ފުރުސަތުންގެ ބޭނުންހިފައި، "ރާމް ލީލާ" އިން ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ހޯދިވަރުގެ މަގްބޫލުކަމެއް ހޯދުމަށް އޭނާހުރީ ކެތްމަދުވެފައެވެ.

ސަންޖޭ އާ ހަވަލާދީ ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ، އޭނާ ބޭނުންވީ އެންމެންގެ އިހުސާސްތަކާއި ކުޅެލާފަދަ ނެށުމެއް ދައްކުވައިދޭ ނެށުންތެރިއެއްކަމަށެވެ. އަދި ހުމާ ފެންނާނީ ހަމައެކަނި ފިލްމުގެ އައިޓަމް ލަވައިން ކަމަށާއި ފިލްމުގައި އޭނާ ފެނިގެން ނުދާނެކަމަށް ވެސް ނޫސްތަކުން ބުނެއެވެ.

34 އަހަރުގެ ހުމާ ފިލްމު އިންޑަސްޓުރީއާއި ގުޅިފައިވަނީ 2012 ވަނަ އަހަރުއެވެ. އޭނާގެ ފުރަތަމަ ފިލްމަކީ "ގޭންގްސް އޮފް ވަސީޕުރް" އެވެ.

އެއަށްފަހު ހުމާ ގުރޭޝީ ފެނިގެންގޮސްފައިވަނީ ފިލްމު "ބަދްލާ ޕޫރް"، "ޖޮލީ އެލްއެލްބީ 2″، "ހައިވޭ" ފަދަ ފިލްމުތަކުންނެވެ. އަދި "ތުމޭ ދިލް ލަގީ" ކިޔާ ލަވައަކުންވެސް ހުމާ ވަނީ ފެނިގެންގޮސްފައެވެ. ނަމަވެސް ހުމާގެ ނެށުމުގެ ހުނަރަކީ އަދި ފެނިފައި ނުވާ ހުނަރެކެވެ.

"ގަންގޫބާއި ކަތިއަވަޅީ" އަކީ އިންޑިއާގެ މަޝްހޫރު ގަންގޫބާއި، ޕްރޮސްޓިޓިއުޓަކުން ގޭންގް ސްޓަރ އަކަކަށް ބަދަލުވެގެންދާގޮތް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގެ މައި ތަރި އަކީ އާލިއާ ބަޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.