މަޝްހޫރު ފިލްމީ ތަރި ކާތިކް އާރްޔާންގެ ކުރިއަށްއޮތް ފިލްމު "ދަމާކާ"ގެ މަސައްކަތް 10 ދުވަސް ތެރޭގައި ނިންމާލުމަށް ފަހު އާ ރެކޯޑެއް ހަދައިފިއެވެ. ތަންކޮޅެއް ކުރިން ކާތިކް އާރްޔާން ވަނީ "ދަމާކާ"ގެ ޝޫޓިން ކޮވިޑުގެ ޕެންޑަމިކުގައި ފެށި ވާހަކަ އިއުލާނުކޮށްފަ އެވެ.
ފިލްމު "ދަމާކާ" ގެ ޝޫޓިން ފަށާފައިވަނީ ޑިސެމްބަރ މަހުގެ 14 ވަނަދުވަހުއެވެ. މި ފިލްމަކީ ކާތިކް އާރްޔާން ޖާނަލިސްޓެއްގެ ގޮތުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.
މި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ފިލްމުގެ މަސައްކަތުގައި ބައިވެރިވި 300 މީހުންވަނީ ހޮޓަލެއްގައި ކަރަންޓީނުކޮށް ޓެސްޓުކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ހޮޓަލަށް އާންމުން ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ފިލްމުގެ ގިނަ ސީން ހުރީ ބޭރުތެރޭގައި ކަމުން ހޮޓަލުގެ ކައިރި ތަންތަނުގައި ވަނީ ޝޫޓްކޮށްފަ އެވެ.
ފިލްމުގެ ޑައިރެކްޓަރ ރާމް މަދްވާނީ ބުނީ އޭނާވާނީ ޝޫޓިންގެ ކުރިން ސީންތައް ފުރިހަމަކޮށް ރާވާލާފަ އެވެ. އެގޮތުން ޝޫޓްކުރާ ގަޑީ މީހުން ހުއްޓިގެން ތިބެންޖެހޭ ތަންތަނާއި ކެމެރާ ބަހައްޓާ ތަންތަންވެސް އޭނާވާނީ ކުރިން ހަމަޖައްސާފަ ކަމަށް ޑައިރެކްޓަރ ބުނެޏެވެ. އެހެންކަމުން ދުވާލަކު 5 ސީނަށްވުރެ ގިނައިން ޝޫޓް ކުރެވުނުކަމަށްވެސް އޭނާ ބުންޏެވެ.
ކާތިކް އާރްޔާން ބުނިގޮތުގައި މި ފިލްމުގެ ޝޫޓިންއަށް އޭނާ ވާނީ 14 ދުވަސް ދީފައެވެ. ނަމަވެސް ވަރަށް މަސައްކަތުން 10 ދުވަހުގެ ތެރޭގައި ނިންމާލެވުމުން ވަރަށް ހިތްހަމަ ޖެހުނުކަމަށް އޭނާބުންޏެވެ.
ކޮމެންޓު ފޮނުވާ