ހުޅުމާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ހުޅުމާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

Author
އަހުމަދު
16 ނޮވެމްބަރ 2024 04:16
0

ހުޅުމާލޭގައި ކެފޭއަކަށް ރޭ ބަޔަކު ވަދެ މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ރާކަނި ބީޗްގައި ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ 41 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ މާރާމާރީގެ ވީޑިއޯ އިން ފެންނަނީ ދެ މީހަކު ކެފޭއެއްގެ ތެރޭގައި އިށީނދެގެން ތިއްބައި ސައިކަލެއްގައި އައި ބަޔަކު އިށީނދެގެން އިން މީހެއްގެ ގައިގައި ގޮނޑިއަކުން ޖަހާ މަންޒަރެވެ. އޭގެ ފަހުން އެ ތަނުގައި މާރާމާރީ ހިންގާ މަންޒަރު ފެނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.