ސްކޫލު ކުއްޖެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި

ސްކޫލު ކުއްޖެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި

Author
ހުސައިން
07 ނޮވެމްބަރ 2024 09:55
0

ސްކޫލް ކުއްޖެއްގެ ދަބަހެއް ވަގަށް ނެގުމުގެ މައްސަލައިގައި ނ. ވެލިދޫ / ހިފާޒް، އަހުމަދު މާޖިދު (33އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރި މާޖިދުގެ ކުށުގެ ރެކޯޑުގައި ފޭރުމާއި ރަހީނުކުރުމުގެ މައްސަލަތައް ވެސް ހިމެނެއެވެ.

ގްރޭޑް 9 ގައި ކިޔަވަމުންދާ ދަރިވަރެއްގެ ދަބަސް ވަގަށް ނެގުމާއި ގުޅިގެން، އެ ކުއްޖާގެ ބައްޕަ އަބްދުލް ހަމީދު ވަނީ އާންމުންގެ އެހީތެރިކަމަށް އެދި ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައެވެ. ހަމީދު ފާހަގަކުރި ގޮތުގައި، ދަބަހާއެކު ދަރިވަރުގެ ޓެސްޓް ޕޭޕަރުތަކާއި ހުރިހާ ފޮތްތަކެއް ވެސް ގެއްލިފައިވެއެވެ. އޭނާވަނީ ސީސީޓީވީ ފުޓޭޖް ބަލައި، ވަގަށްނެގި ފަރާތުގެ ވަނަވަރާއި ފޮޓޯ ވެސް އާންމުކޮށްފައެވެ.

ފުލުހުންގެ ސާވިސް ޑިވަލޮޕްމަންޓްގެ ވެރިއާ މުހައްމަދު ޝިފާން ހާމަކޮށްފައިވާ ގޮތުގައި، ވަގަށްނެގި ދަބަހާއި އޭގެ އެތެރޭގައި ހުރި ހުރިހާ ތަކެއްޗެއް ވަނީ ހޯދައި، ވެރިފަރާތާ ހަވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.